ads
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ އާއި ސީއެންއެން އާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު
ސީއެންއެން މެދުވެރިކޮށް ރާއްޖޭ އިސްތިހާރު ކުރަނީ
އެމެރިކާގެ މީޑިއާއެއް ކަމަށްވާ ސީއެންއެން މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ކެމްޕޭނެއްފަށައިފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ސީއެންއެން އާއި ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ފެށި މި ކެމްޕޭންގައި ސީއެންއެންގެ ހަބަރު ޗެނަލްތަކާއި ވެބްސައިޓުގެ އިތުރުން މީސްމީޑިއާގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ ސަގާފަތާއި މަސައްކަތްތެރިކަން ދައްކައިދޭ ފޮޓޯއާއި ވީޑިއޯ ޝާއިރުކުރުމަށް ވަނީ ހަމަޖެހިފައެވެ. 

މި ކެމްޕެއިނަކީ އެމްއެމްޕީއާރްސީ އިން ރާއްޖެ އިޝްތިހާރުކުރުމަށް މިއަހަރުގެ ތެރޭގައި ރާވާފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޕްރޮޖެކްޓެވެ.

ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކެމްޕެއިންގައި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ފަސް ސަރަހައްދަތަކަށް އިސްތިހާރު ކުރުމަށް ސަމާލުކަން ދޭނެއެވެ. އެއީ ދެކުނު އޭޝިއާ، އޭޝިއާ ޕެސިފިކް، މެދުއިރުމަތި، އެފްރިކާ އަދި ޔޫރަޕްގެ ގައުމުތަކެވެ. މި ސަރަހައްދުތަކުގެ އިތުރުން 23 މާކެއްޓެއްގައި ވެސް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ މަސައްކަތް ސީއެންއެން އިން ކުރާނެއެވެ. 

ދުނިޔޭގެ ގިނަ ބަޔަކު ބަލާ އަދި ކިޔާ މީޑިއާއެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަކީ ރާއްޖޭގެ ފަތުރުވެރިންގެ މާކެޓް އިތުރަށް ފުޅާވެގެން ދިއުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. 

މި ކެމްޕެއިންގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް އިތުރަށް ފުޅާވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ލަފާކުރެއެވެ. 

މިއަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ލަފާކުރެވުނު އަދަދަށް ފަތުރުވެރިން ރާއްޖެ ނައުން އެކަށީގެންވެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓަކީ ޗައިނާކަމަށް ވުމުން އެ ގައުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ފެއާތަކުގަ އާއި ރޯޑްޝޯތަކުގައި ބައިވެރިވުވުމަށް ނިންމާފާއިވާ ނިންމުންތައް ވެސް އެމްއެމްޕީއާރްސީ އިން ވަނީ ކޮވްޑް-19 ގެ ސަބަބުން ބަދަލުކޮށްފައެވެ. އަދި އެހެން ސަރަހައްދު ތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް އެމްއެމްޕީއާރްސީ އިން ވަނީ ނިންމާފައެވެ. 

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ޗައިނާގެ ރައްޔިތުން އެތެރެކުރުން ވަނީ މަޑުޖައްސާލާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް