ads
ހުޅުމާލެ ފޭސްޓޫ ހިޔާ ފްލެޓްތައް
ފޭސްޓޫގެ ފިހާރައަކުން ދެ ފުޅި ތެޔޮ ވަގަށް ނެގި މީހަކު ޖަލަށް
ހުޅުމާލޭ ފޭސްޓޫގެ ފިހާރައަކުން ވައްކަން ކުރި މީހަކު އެއް މަހާ ވިހި ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ބުރާސްފަތި ދުވަހު މި ހުކުމްކޮށްފައިވަނީ، ދިވެހި ފިރިހެނެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ޖަލު ހުކުމެއް އައީ، މި އަހަރުގެ ޖުލައި މަހު ހުޅުމާލޭ ފޭސްޓޫގެ ފިހާރައަކުން ދެ ތެޔޮފުޅި ވަގަށް ނަގައިގެންނެވެ. އޭނާ ވަގަށް ނަގާފައިވަނީ ބޮލުގައިލާ ދެ ތެޔޮފުޅިއެވެ.

13 ޖުލައި 2022 ވަނަ ދުވަހުގެ 15:05 ހާއިރު، އޭނާވަނީ ހުޅުމާލޭ ފޭސްޓޫގެ އެޗް-6 ގެ ގްރައުންޑް ފްލޯގައި ހުންނަ ޑެއިލީ ބާޒާރު ފިހާރައިން ކޮމަރިކާ ބްރޭންޑްގެ ބޮލުގައިލާ ދެ ތެޔޮފުޅި އޭނާ ލައިގެން ހުރި ޖީންސްގެ ދަށަށް ޖަހައިގެން ނުކުންނަން އުޅެފައިވާތީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ޝަރީއަތުގައި އޭނާވަނީ އޭނާ ވައްކަން ކުރި ކަމަށް އިއުތިރާފްވެފައެވެ. ހުކުމްކޮށްފައިވަނީ އިއުތިރާފަށް ބިނާކޮށެވެ. އެއް މަހާއި ވިހި ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވި ނަމަވެސް ޝަރީއަތުންވަނީ އެ ހުކުމް 10000 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.

މި މައްސަލައިގެ ހުކުމް ކުރީ ކްރިިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް