ads
ކަޅުތެޔޮ އެޅިފައިވާ ސަރަހައްދު
މާލޭ މޫދަށް ކަޅުތެޔޮ އެޅުނު ގޮތެއް ބަލަނީ
މާލޭ ރަސްމީ ފާލަމާއި 3 ނަންބަރު ޖެޓީ ސަރަހައްދު މޫދަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅުނު ގޮތެއް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ) އިން ބަލަން ފަށައިފި އެވެ.
Advertisement

މިމަހުގެ އެއްވަނަ ދުވަހުގެ 09:10 ހާއިރު، އެ ސަރަހައްދަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރި ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުންނާއި، މާލެ އޭރިއާ މެރީންސް އާއި މެރިން ޕޮލީސްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެ ކަޅުތެޔޮ އެތަނުން ނާނގާ ސާފުކުރުމުގެ މަސައްކަތް ކުރަމުންދިޔަ އެވެ. އިއްޔެ އެމްއެންޑީއެފްއިން ބުނިގޮތުގައި މިހާތަނަށް ގާތްގަނޑަކަށް 700 ލީޓަރުގެ ކަޅުތެޔޮ އެސަރަހައްދުން ވަނީ ނަގާފަ އެވެ. މާދަމާވެސް އެމަސައްކަތް ކުރިއަށް ދާނެ އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނަރަލް އިބްރާހިމް ނައީމް މިއަދު "ސީއެންއެމް" އަށް ވިދާޅުވީ، އެތަނަށް ކަޅުތެޔޮ އެޅުނު ގޮތެއް ހޯދުމުގެ މަސައްކަތް އެ އޮތޯރަޓީން މިހާރު ކުރަމުންދާ ކަމަށާއި، ފަޅުތެރެއަށް އެކި ޒާތުގެ ކުންޏާއި ތެޔޮފަދަ ތަކެތި އެޅުން "ހައްދުން ނައްޓާފައި" ވާ ކަމަށެވެ.

"ބޮޑަށް ބެލެވެނީ މާލޭން ފުރައިގެން ދިޔަ ބޭރުގެ ބޯޓަކުން ދަމުން ކަނޑަށް އުކާލި ކަޅުތެޔޮ ކަމަށް. އަޅުގަނޑުމެން މިދަނީ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެކަން ހިނގިކަމަށް ބެލެވޭ ވަގުތުގެ ވެސިލް މޫވްމަންޓް ބަލައި ދިރާސާކުރަމުން، އެއީ ފަސޭހަ މަސައްކަތަކަށް ނުވާނެ، " ނައީމް ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ، ކޮންމެ ކަމެއްގައި ގާނޫނުތަކަށް އަމަލުކުރުވުމަށް ފަހަތުގައި ބަޔަކު ބަހައްޓައިގެން ކަންކުރުމަށްވުރެ އެފަދަ މައްސަލަތަކަށް އޮތް ދާއިމީ ހައްލަކީ، އަމިއްލަ ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން އެފަދަ ކަންކަން ކުރުމާއި، ކުނިބުނިން މާހައުލު ތަގައްޔަރުކުރުމާއި އަމިއްލައަށް ދުރުވުން ކަމަށެވެ.

އެ ސަރަހައްދަށް ކަޅުތެޔޮ އެޅިފައިވާ މައްސަލަ ފެންމަތިވި ދުވަހު، މާލޭ ސިޓީ ކައުންސިލުން "ސީއެންއެމް" އަށް ބުނިގޮތުގައި، އެ ސަރަހައްދަށް ދޭތެރެ ދޭތެރެއިން ކަޅުތެޔޮ އެޅެ އެވެ. މި ކަޅުތެޔޮ އެޅޭކަމަށް ކައުންސިލަށް މައުލޫމާތު ލިބިފައިވަނީ، ލައްގާ ކަޅުހަން ތަކަކުން ކަމަށް ކައުންސިލުން އެދުވަހު ބުންޏެވެ. ނަމަވެސް މި ކަޅުހަންތަކުގެ ހަގީގަތެއް ނުވަތަ އަންނަ ދިމާލެއް ކައުންސިލަކަށް ވެސް ސީދާ ބުނާކަށް ނޭނގެ އެވެ.  

މިކަމާއި ގުޅިގެން ނައީމް ވިދާޅުވީ، އެފަދަ މައުލޫމާތެއް އެ އޮތޯރަޓީއަށް ނުލިބޭ ކަމަށެވެ. އެކަމަކު، އެތަނަށް އެޅިފައިވާ ތެލުގެ މިންވަރަށް ބަލާއިރު، އެއީ އެންމެ ކަޅު ހަމަކުން އެޅޭނެ ތެޔޮ ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މީގެ ކުރިން އެހާ ގިނައިން ތެޔޮ އެސަރަހައްދަށް އެޅިފައި ނުވާކަންވެސް ފާހަގަކުރެއްވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް