ފުލުހުން މިއަދު 12:36 ހާއިރު ބުނެފައިވާގޮތުގައި ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން ދިޔަ ދެމީހުންގެ ތެރެއިން އުމުރުން 45 އަހަރުގެ ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް މާލޭގެ ގެސްޓް ހައުސް އަކުން މިއަދު ވަނީ ފެނިފަ އެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ބުންޏެވެ.
ގެެއްލިގެން ހޯދަމުންދާ ބިދޭސީމީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އޭނާގެ ފަރާތުން ފުލުހުންނަށް ލިބިފައިވޭތޯ އާއި އޭނާ ފުލުހުންގެ ބަންދަށް ނެގިތޯ "ސީއެންއެމް" އިން ސުވާލު ކުރުމުން އެކަން ސާފުކުރުމަށްފަހު ޖަވާބުދޭނެ ކަމަށް ފުލުހުން އޭރު ބުންޏެވެ.
އޭގެފަހުން ދާދި ދެންމެއަކު ފުލުހުން ބުނިގޮތުގައި، މަރުގެ މައްސަލައެއްގައި އޭނާ މިހާރު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފަ އެވެ. ނަމަވެސް މައްސަލައިގެ ތަފްސީލެއް ނުދެ އެވެ.
މަރުގެ މައްސަލައެއްގައި އޭނާ ދެންމެ ހައްޔަރުކުރި ކަމަށް ފުލުހުން ބުނިއިރު، މުޅި މި ހާދިސާގައި ޝައްކުކުރެވޭ ގިނަ ކަންކަމެއް ހުރިކަން މިހާތަނަށް ވަނީ ފާހަގަކުރެވިިފަ އެވެ.
އެގޮތުން:
ތެޔޮ ބޯޓު ފުރީ، މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ ވިލިމާލެއިން އެވެ. އެ ބޯޓުގައި އެވަގުތު ތިބީ ދެމީހުންކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ. އެ ބޯޓު މާލޭ އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ޑިސެމްބަރު 29 ވަނަ ދުވަހު ފެނިފައިވެ އެވެ. ނަމަވެސް އޭގައި ތިބި ދެމީހުން އޭރު ބޯޓަކު ނެތެ އެވެ.
ބޯޓުން ގެއްލިގެން ހޯދަމުން ދިޔައީ މިއަދު ހައްޔަރުކުރި ނާޒިމްގެ އިތުރުން، ބިދޭސީ މީހެކެވެ. ބިދޭސީ މީހާ އަދިވެސް ނުފެނެ އެވެ. ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާއަކީ: