ތެޔޮ ބޯޓު ފުރީ، މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ ވިލިމާލެއިން އެވެ. އެ ބޯޓުގައި އެވަގުތު ތިބީ އުމުރުން 45 އަހަރުގެ ނާޒިމް އާއި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ) އެވެ.
މި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ދަތުރުކުރި އެ ބޯޓު މާލޭ އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ޑިސެމްބަރު 29 ވަނަ ދުވަހު ފެނިފައިވެ އެވެ. ނަމަވެސް އޭގައި ތިބި ދެމީހުން އޭރު ބޯޓަކު ނެތެ އެވެ.
ނާޒިމް އިއްޔެ މާލޭ ގެސްޓްހައުސް އަކުން ފެނުނުއިރު، ފުލުހުން ފަހުން ވަނީ މަރުގެ މައްސަލައެއްގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފަ އެވެ. މައްސަލައިގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ، ނަމަވެސް ބެލެވެނީ އޭނާ ހައްޔަރުކުރީ ގެއްލިގެން އުޅޭ ބިދޭސީ މީހާގެ މަރުގެ ތުހުމަތުގައި ކަމަށެެވެ. ބިދޭސީ މީހާ އަދިވެސް ނުފެނެ އެެވެ.
މަރުގެ މައްސަލައެއްގައި އޭނާ އިއްޔެ ހައްޔަރުކުރިއިރު، މުޅި މި ހާދިސާގައި ޝައްކުކުރެވޭ ގިނަ ކަންކަމެއް ހުރިކަން މިހާތަނަށް ވަނީ ފާހަގަކުރެވިިފަ އެވެ.
އެގޮތުން: