ads
ކްރިސްޓިއާނޯ ރޮނާލްޑޯ އަރަބި ހެދުމުގައި
ކްރިސްޓިއާނޯ ރޮނާލްޑޯ ވޯލްޑްކަޕްގެ ތެރޭގައި އިސްލާމްވިކަމަށް ދެކެވޭ ވާހަކައިގެ ތެދުދޮގު
ވޯލްޑްކަޕް ތެރެގައި ޕޯޗުގަލްގެ އެންމެ މޮޅު ކުޅުންތެރިއާ ކްރިސްޓިއާނޯ ރޮނާލްޑޯ އިސްލާމްވިކަމަށް އަޑުފެތުރިއްޖެއެވެ.

މިއަޑު ފެތުރިފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަރިބި ޖުއްބާއެއް ލައިގެން ބަޔަކާއެކު ފޮޓޯ ނަގާފައިވާ ފޮޓޯއަކާއި ޝަހާދަތުދެ ދެކަލިމަ ހިފައިގެން ހުރި ފޮޓޯއަކާއި އަދި ހަތިމެއް ހިފައިގެން ހިރި ފޮޓޯއަކާއެކު ހަދާފައިވާ ޕޯސްޓަކާއެކު އޭނާ އިސްލާމްވެއްޖެ ކަމަށްބުނެ މީސްމީޑިއާގައި ބަޔަކު އަޑުފެތުރުމުންނެވެ. 

"މިހާރު ވަނީ ގަތަރު ވޯލްޑް ކަޕަށް މިހާ ގިނަ ފައިސާ ހަރަދުކުރީ ކީއްވެގެންކަން އެނގިފަ. ކުރިން 558 މީހުން ޝަހާދަތުގެ ދެ ކަލިމަ ކިޔާ ހަބަރު ލިބުނުއިރު މިއަދު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އިސްލާމްދީން ގަބޫލުކުރީ ގަތަރު ސަރުކާރުގެ އިސްލާމީ ނަޒަރިއްޔާތާއި ޒާކިރު ނައިކްގެ ނަސޭހަތް އަޑުއަހައިގެން،" ރޮނާލްޑޯ އިސްލާމްވިކަމަށް ބުނެ ފަތުރާ ޕޯސްޓުގައި ބުނެފައިވެއެވެ.

your imageރޮނާލްޑޯ އިސްލާމްވިކަމަށް ބުނެ ފަތުރާ ފޮޓޯ

މި ތިން ފޮޓޯގެ ހަގީގަތަކީ ކޮބާ؟ 

މިތަނުން ފެންނަ ފުރަތަމަ ފޮޓޯއަކީ 2014 ވަނައަހަރު އޭނާގެ އެއްބަނޑުއެއްބަފާ ބޭބެމެންނާއެކު ނަގާފައިވާ ފޮޓޯއެކެވެ.

your imageކްރިސްޓިއާނޯ ރޮނާލްޑޯ އަރަބި ހެދުމެއްގައި:

ދެވަނަ ފޮޓޯއިން ޝަހާދަތުގެ ދެ ކަލިމަ ހިފައިގެން ރޮނާލްޑޯ ހުއްޓާ ފެންނަ ފޮޓޯއަކީ ފޮޓޯޝޮޕްކޮށް އެޑިޓްކޮށްފައިވާ ފޮޓޯއެކެެކެވެ.

your imageރޮނާލްޑޯ ޝަހާދަތުގެ ދެކަލިމަ ހިފައިގެން ހުރި ފޮޓޯ: 

ތިންވަނައަށް އެ ޕޯސްޓުގައިވާ ފޮޓޯގައި ރޮނާލްޑޯ ހަތިމެއް ހިފައިގެން ހުރިއިރު އެ ފޮޓޯއަކީ 2013 ވަނަ އަހަރު މޯބައިލް ފޯނު ވިއްކާ ކުންފުންޏެއްގެ ވެރިއެއް ރޮނާލްޑޯއަށް ދިން ހަދިޔާއެކެވެ.

ރޮނާލްޑޯ ހަގީގަތުގައި ވެސް އިސްލާމްވީތަ؟ 

އެއްވެސް ރަސްމީ މަސްދަރަކުން ރޮނާލްޑޯ އިސްލާމްވިކަން ކަށަވަރެއް ނުކޮށްދެއެވެ. ނަަމަވެސް ރޮނާލްޑޯއަކީ އަބަދު ވެސް އިސްލާމްދީނާއި މުސްލިމުން އަދި އަރަބިންދެކެ ލޯބިވާ އަދި ވަރަށް ގާތްކަމެއް ބާއްވާ މީހެކެވެ. ނަމަވެސް ރޮނާލްޑޯ އިސްލާމްވިކަމަށް ބުނެ ފަތުރާ ޕޯސްޓަކީ އެއްވެސް ހަގީގަތެއް އޮތް ޕޯސްޓެއް ނޫނެވެ. 

64%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް