ads
ނަޝީދު ހިޔާ ފްލެޓެއްގައި
ދަރަނީގެ ދަންތުރަވީ ބޯހިޔާވަހިކަމުގެ ރަނގަޅު ރަމްޒަކަށް
ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި ހިޔާ ފްލެޓަށް އިއްޔެ ހަވީރު ވަޑައިގެން ވިދާޅުވީ މާލޭ ސަރަހައްދުގައި ބިކަ ހާލުގައި ދިރިއުޅެމުން ދިޔަ މީހުންނަށް ބޯހިޔާވަހިކަމެއް ލިބުމަކީ އެމީހުންނަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޯމަތިވުމުން ކެމްޕެއިނަށް ނުކުންނަވައި، ހިޔާ ފްލެޓްތަކަކީ މާލޭ ސަރަހައްދުގައި ބިކަ ހާލުގައި ދިރިއުޅެމުން ދިޔަ މީހުންނަށް ބޯހިޔާވަހިކަމެއް ލިބުމަކީ އެމީހުންނަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއިރު، ކުރިން ވިދާޅުވީ ކީކޭތޯ ބަލާލާއިރު ކުރިން ނަޝީދު އެތަން ސިފަ ކުރެއްވީ ދަރަނީގެ ދަންތުރައެއްގެ ގޮތުގައެވެ.

ކޮވިޑުގެ ތެރޭގައި 2020 ވަނަ އަހަރުގެ ޖޫން މަހުގެ ހަތްވަނަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ "ދަރަނީގެ ދަންތުރަ" އެއް ކަމަށެވެ. އެ ދުވަހު ނަޝީދު ވިދާޅުވީ ފްލެޓްތައް އިމާރާތް ކޮށްފައި ވަނީ 500 އަކަފޫޓުގެ ކުދި ކޮތަރުކޮށިތަކެއްގެ ގޮތަށް ކަމަށާއި އެއިން ތަނެއް ހަދަން ހަރަދުކުރި ކަމަށް ބުނަނީ އަކަަފޫޓަކަށް 1،900 ރުފިޔާ ކަމަށެވެ.

"ދެން މި ކިހިނެއް ދެކޮޅު ޖައްސާނީ. މިއީ ދަރަނީގެ ދަންތުރައިގެ ފޮޓޯ،" ކޮވިޑުގެ ތެރޭގައި 2020 ވަނަ އަހަރުގެ ޖޫން މަހުގެ ހަތްވަނަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އޭގެ ދެ އަހަރު ފަހުން، މިހާރު ހިޔާ ފްލެޓް އާބާދުވެ، އެތައް ހާސް މީހުންނެއް އެތަނުގައި ދިިރިއުޅެން ފަށައިފިއެވެ. އެތައް ބަޔަކު އެތަނުގައި ދިރިއުޅެނީ އަމިއްލަ ބޯހިޔާވަހިކަމެއްގައި އުޅުމުގެ ހިތްހަމަ ޖެހުމާއި އުފަލާއެކު އެވެ. މިއަދު ނަޝީދުގެ ވާހަކަވެސް ބަދަލުވެއްޖެއެވެ.

"ދަންވަން ޖެހޭނީ، ބޯހިޔާވަހިކަމެއް ލިބުމަކީ ވަރަށް ބޮޑު ނަސީބެކޭ. އަޅުގަނޑު މިތަނަށް ހިޔާ ފްލެޓް ސަރަހައްދަށް އައުމުން ނުހަނު ހިތްހަމަޖެހުން ލިބޭ. މިއީ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތްތައް ހޯދައިދެވިދާނެ ކަމުގެ ރަނގަޅު ރަމްޒެއް،"
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް