ads
މީޑިއާ ކައުންސިލުން ހައިކޮމިޝަނާއެކު ބޭއްވި ބައްދަލުވުމުގެތެރެއިން: ފޮޓޯ އެމްއެމްސީ
ދިވެހި ނޫސްވެރިން ތަމްރީނުކުރަން އިންޑިއާގެ އެހީ ހޯދަން މަޝްވަރާކޮށްފި
ރާއްޖޭގެ ނޫސްވެެރިންނަށް އިންޑިއާއިން ތަމްރީނުގެ ފުރުސަތު ހޯދައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނާއެކު މަޝްވަރާކޮށްފި އެވެ.

ރާއްޖޭގެ ނޫސްވެެރިންނަށް އިންޑިއާއިން ތަމްރީނުގެ ފުރުސަތު ހޯދައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނާއެކު މަޝްވަރާކޮށްފި އެވެ.

ހައިކޮމިޝަނާއެކު ބޭއްވި ބައްދަލުވުމުގައި ދިވެހި ނޫސްވެރިން އިންޑިއާއަށް ފޮނުވުމުގެ އިތުރުން އިންޑިއާގެ ކަމާގުޅޭ މާހިރުން ދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކުރެވުނުކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

އަދި ރާއްޖޭގެ ނޫސްވެރިން އިންޑިއާގައި ކިޔެވުމަށް ސްކޮލާޝިޕް ޕްރޮގްރާމް ހޯދުމަށްވެސް މަޝްވަރާ ކުރެވުނުކަމަށްވެސް މީޑިއާ ކައުންސިލުން ބުނެއެވެ.

މީޑިއާ ކައުންސިލުން ބުނީ މި މަޝްވަރާތަކުގައި ރާއްޖޭގެ ނޫސްވެރިންނަށް ތަމްރީނާއި ތައުލީމް ދިނުމުގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް އިންޑިއާ ހައިކޮމިޝަނަރ ވިދާޅުވި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް