ads
ޑރ. ވަހީދު އަދި އަނބިކަނބަލުން އިލްހާމް
ޑރ. ވަހީދުގެ ދެކަނބަލުން ކައިވެނި އެނިވާސަރީ ފާހަގަ ކުރެއްވީ ކޯމަހާއެކު
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އަނބިކަނބަލުން އިލްހާމް ހުސެއިންގެ ކައިވެންޏަށް 47 އަހަރު ފުރުން، ކޯމަހާއި ވެލައާއި އެކު މޫދުގައި ފާހަގަ ކުރައްވައިފިއެވެ.

އުމުރުފުޅުން މިހާރު 70 އަހަރުވެފައިވާ ޑރ. ވަހީދު މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ، އެ މަނިކުފާނާ އަނބިކަނބަލުންގެ ކައިވެންޏަށް މިއަދު 47 އަހަރު ވެފައިވާ ކަމަށެވެ. އަދި އެނިވާސަރީ ފާހަގަ ކުރެއްވީ މޫދުގައި ކޯމަހާ ވެލަޔާއި އަދި ދަރިކަނބަލުން ވިދާދުއާ ރައްޓެހިންނާ އެކުގައި ކަމަށް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ފޮޓޯއަކާއި ވީޑިއޯތަކާއެކު ޑރ. ވަހީދު ވިދާޅުވިއެވެ. 

ޑރ. ވަހީދުއާ އިލްހާމްގެ ކައިވެންޏަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.

ޑރ. ވަހީދުވަނީ ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން، 7 ފެބްރުއަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2013 އާ ހަމައަށް ރާއްޖޭގެ ރައީސްކަން ކުރައްވާފައެވެ. އަދި 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ވާދަކޮށް ރައީސް ވަޙީދަށްވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. 

17%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް