ads
ރޭގެ މުޒާހަރާއިން ދުވަސްވީ އަންހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެންދަނީ
މުޒާހަރާއިން ދުވަސްވީ އަންހެނަކު ގެންދިޔަ ގޮތުން ކަންބޮޑުވުން
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން މާލޭގައިި ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާގައި ދުވަސްވީ އަންހެނަކު ގެންދިޔަގޮތުން ފުލުހުންނަށް ފާޑުކިއުން އަމާޒުވެ، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރޭގެ މުޒާހަރާއި އުމުރުން ދުވަސްވީ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު އާއްމުވެފައިވާއިރު ފެންނަނީ ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކާ ގަދަބާރު ދައްކާ މީހުން ހައްޔަރުކުރާ ބީދައިން، އަތުގެ ކުޑަހުޅުވެސް ލަނބާލާފައިވާ ތަނެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ފުލުހުންނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައެވެ.

މިއަދު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވިޓްގައިވެސް ވަނީ އެކަން ފާހަގަ ކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރޭގެ އެހާދިސާގެ ކަންކަން ބަލާނެކަމަށް ވިދާޅުވިއެވެ.

"މާލޭގައި ރޭ ބޭއްވި މުޒާހަރާގައި ޕަބްލިކް އޯޑަރ އޮފިސަރުން މުސްކުޅި އަންހެނަކާ މެދު ކަންތައް ކުރިގޮތަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ވިލް ބެ ލޫކް އިން ޓު" ހަމީދު ވިދާޅުވިއެވެ.

ވ އާރަށުގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރިފަހުން ކޮންމެ ރެއަކުވެސް އިދިކޮޅު ފަރާތްތަކުން އެއްވުން ބާއްވައެވެ. އެއްވުންތަކުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި ނަމަވެސް ގިނައިރުތަކެއް ނުވެ އެމީހުން ދޫކޮށްލައެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް