ads
ހާދިސާގައި އަނިޔާވި އާއިލާ
ތަނބެއް ވެއްޓި ތުއްތު ދަރިފުޅާ އަނބިމީހާ މަރުވީ ފިރިމީހާ ކުރިމަތީ
އިންޑިއާގެ ބެންގަލޫރުގައި ހަދަމުން ދިޔަ އިމާރަތަކުން ތަނބެއް ވެއްޓި އުމުރުން 28 އަހަރުގެ އަންހެނަކާ އޭނާގެ ދެއަހަރާ ބައިގެ ދަރިފުޅު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެއް އާއިލާއެއްގެ ހަތަރު މީހުން ސައިކަލުގައި ދުއްވާފައި ދަނިކޮށެވެ. ތަނބު ވެއްޓުނުއިރު ސައުކަލުގައި ތިބީ ދެމަފިރިންނާ އެމީހުންގެ އެންމާބަނޑު ދެ ކުދިންނެވެ. 

ދެމަފިރިންނާއި ދެ ދަރިން ދުއްވާފައި ދިޔަ ސައިކަލުގެ މައްޗަށް ދަނގަނޑުން ހަނދާފައިވާ ތަނބު ވެއްޓުނީ އަންގާރަ ދުވަހު ހެނދުނު 10:00 ހާއިރުއެވެ. 

މި ހާދިސާގައި މަރުވި ތެޖަސްވިނީ ވޫސުލޭހޭ ކިޔާ އަންހެން މީހާއާއި އެނާގެ ފިރިހެން ދަރިފުޅު ވިހާން އެވެ. ތަނބު ވެއްޓުމުގެ ސަބަބުން މި ދެ މީހުންނަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު، ސައުކަލު ދުއްވަން އިން ލޯހިތް ވީސުލޭހޭ އަދި އެނާގެ އަންހެން ދަރިފުޅު ވިސްމިތާ އަށް މާބޮޑަށް އަނިޔާއެއް ނުވެއެވެ.  

ތެޖަސްވިނީ އަކީ ކޮންޕިއުޓާ އިންޖިނިއަރެކެވެ. އަދި އޭނަގެ ފިރިމީހާއަކީ ސިވިލް އިންޖިނިއަރެކެވެ. 

މި ހާދިސާގައި ދިމާވި އާއިލާއިން ކޮންސްޓްރަކްޝަން ކުންފުނި، ބީއެމްއާރުސީއެލް އިން 20 ލައްކަ ރުޕީޒް ދިނުމަށް ވަނީ ނިންމާފައެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާއިރު، އެ ކުންފުނިން ގެންދަނީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފިޔަވަޅުތަކަކީ ކޮބާތޯ ބަލަމުންނެވެ. ހާދިސާ ހިނގި ސަރަހައްދުގެ މަސައްކަތް އޮތީ ވަގުތީގޮތުން ހުއްޓާލާފައެވެ. 

 

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް