ads
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ: ފޮޓޯ ބީއެމްއެލް
ކުރިއަށް އޮތް 10 އަހަރު ތެރޭ ބޭރުގެ ދެ ގައުމެއްގައި ބީއެމްއެލް ބްރާންޗް ހުޅުވަނީ
ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި، ރާއްޖެއިން ބޭރުގެ ދެ ގައުމެއްގައި ބޭންކް އޮފް މޯލްޑިވްސްގެ، ދެ ބްރާންޗް ހުޅުވުމަށް އެބޭންކުން އަމާޒު ހިފައިފިއެވެ.

މިކަން އިއުލާނު ކުރެއްވީ ބީއެންއެލްއަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށް، ރޭ ކްރޮސްރޯޑްގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ކާލް ސްޓުމްކަ އެވެ.

ސީއީއޯ ވަނީ ބީއެމްއެލްގެ ކުރިއަށް ހުރި ލަނޑުދަނޑިތައް އިއުލާނުކުރައްވާ ބީއެމްއެލްއަށް 50 އަހަރު ފުރުމުގެ ކުރިން ހާސިލްކުރަން ބެނުންވަ ކަންކަން ރޭ އިއުލާނު ކުރައްވަފައެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ބީއެމްއެލގެ ދެ ބްރާންޗް ހުޅުވުމަކީ އަމަޒެއްކަމަށް ސީއީއޯ ވިދާޅުވިއެވެ.

އެގޮތުން ފުތަރަމަ ހުޅުވާ ބްރާންޗް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ހުޅުވާނެކަމާއި ދެ ވަނަ އަށް ރާއްޖެއިން ބޭރުގައި ހުޅުވާ ބުރާންޗް ބޭންކަށް 50 އަހަރު ފުރުމުގެ ކުރިން ހުޅުވުމަކީ އަމާޒެއްކަމަށް ސީއީއޯ ވިދާޅުވިއެވެ.

ބީއެމްއެލްގެ ބްރާންޗެއް ރާއްޖެއިން ބޭރުގައި ހުޅުވާނީ ކޮން ގައުމެއްގައި ކަމެއް ބޭންކުން ނުބުނެއެވެ. ނމަވެސް މީގެ ކުރިން މައުލޫމާތު ލިބިފައިވާ ގޮތުން ބީއެމްއެލްގެ ބްރާންޗެއް އަވަށްޓެރި ސްރީލަންކާގައި ހުޅުވުމަށް އެބޭންކުން މަސައްކަތް ކުރަމުން ގެންދިޔައެވެ.

ބީއެމްއެލްގެ 50 އަހަރުގެ އަމާޒުގެ ތެރޭގައި އެބޭންކްގެ ރައުސުލްމާލު 25 ބިލިއަން ރުފިޔާއަށް ގެންދިއުމަށް މަސައްކަތް ކުރާނެކަމަށްވެސް ރޭ ސީއީއޯ ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް