ads
ހުސޭނުބޭ
ހުސޭނުބޭ މަރާލި އެކަކު ގޭގައި، އަނެކަކު ދޫކޮށްލައިފި
މީގެ 12 އަހަރު ކުރިން، ހއ. ހޯރަފުށީގައި ރަހީނު ކޮށް މަރާލި ހުސައިން މުހައްމަދު މަނިކު (ހުސޭނުބެ) މަރުގެ މައްސަލާގައި ހިމެނޭ މީހަކު، ގޭ ބަންދަށް ބަދަލުކޮށްފައިވަނިކޮށް، އެ މައްސަލައިގައި ހައިކޯޓުން އަދަބު ލުއިކޮށްދިން މީހާ ދޫކޮށްލައިފިއެވެ.

ހއ. ހޯރަފުށީގައި ރަހީނު ކޮށް މަރާލި ހުސޭނުބެ މަރުގެ މައްސަލާގައި އުމުރަށް ޖަލަށްލާފައިވަނިކޮށް ގެއަށް ބަދަލުކޮށްފައިވަނީ އެ ރަށު ސޯސަންވިލާ ނުއުމާން އަބްދުﷲ އެވެ. ހައިކޯޓުން އަދަބު ލުއިކޮށްދީފައިވަނިކޮށް، ޕެރޯލްގެ ދަށުން މިނިވަންކޮށްފައިވަނީ ހއ. ހޯރަފުށީ ޅޮހީގެ މުހައްމަދު ލަތީފްއެވެ. 

ލަތީފުގެ މައްޗަށް ކޮށްފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ހައިކޯޓުންވަނީ 15 އަހަރަށް ބަދަލުކޮށްފައެވެ. ލަތީފު ޕެރޯލްގެ ދަށުން ދޫކޮށްލާފައިވާއިރު، ނުއުމާން ގެއަށް ބަދަލުކޮށްފައިވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ވަގުތީ ގޮތުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޖަލުގައި ތިބޭ މީހުންގެ ތެރެއިން ހުކުމުގެ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި ވަރެއް ތަންފީޒުކޮށް ނިމިފައިވާ މީހުން، އާންމުންގެ ރައްކާތެރިކަން ނުގެއްލޭ ގޮތަށް މުޖުތަމައަށް އަލުން އަހުލުވެރިކުރުވުމަށް، ކަނޑައެޅޭ ވަކި ޝަރުތުތަކެއްގެ ދަށުން ޖަލުން ދޫކުރެވޭ ނިޒާމަކީ ޕެރޯލްގެ ނިޒާމެވެ. ޕެރޯލްގެ ދަށުން މީހަކު ދޫކުރާ އިރު ކުރާ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ އަލުން ޖަލަށް ގެންދާނެ އެވެ.

ވިޔަފާރިވެރިއެއް ކަމަށްވާ ހުސޭނުބޭ 2010 ވަނަ އަހަރު މަރުވީ އޭނާގެ ގެއިން ވައްކަން ކުރުމަށްޓަކައި ރަހީނު ކޮށްފައި ހުއްޓާ ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ. މި މައްސަލައިގައި ނުއުމާންއާ ލަތީފުގެ އިތުރުން އަދި އެހެން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، އުމުރަށް ޖަލަށް ލިޔެވެ. ތިންވަނަ މީހަކީ ހއ. ހޯރަފުށީ އުންމީދީ މަންޒިލް އަހުމަދު އިބްރާހިމްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް