ads
2023 ޖެނުއަރީ 18/ އިންޑިއާއިން ދެ ސީއެމްބިއުލާންސް ހަވާލުކުރުން----ފޮޓޯ: ފޮރިން މިނިސްޓްރީ
އިންޑިއާ އިން ރާއްޖެއަށް ދެ، ސީ އެމްބިއުލާންސް ހަދިޔާ ކޮށްފި
އިންޑިއާއިން ރާއްޖެއަށް ދެ ސީ އެމްބިއުލާންސް މިއަދު ހަދިޔާ ކޮށްފި އެވެ.

މި ސީ އެމްބިއުލާންސްތަަކަކީ، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް(އެޗްއައިސީޕީޑީ) ސްކީމްގެ ދަށުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އެމްބިއުލާންސް ތަކެކެވެ. 

މި ސީ އެމްބިއުލާންސްތައް މިއަދު ޑިފެންސް މިނިސްޓްރީ އާއި ހަވާލުކޮށްދެއްވީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު މުނޫ މަހާވަރު އެވެ. އަދި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސީ އެމްބިއުލާންސްތަކާއި ހަވާލުވެލެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ.

މި އެމްބިއުލާންސްތައް ހަވާލުކުރުމުގެ ރަސްމިޔާތު އޮތީ، އިންޑިއާގެ ފޮރިން މިނިސްޓަރު އެސް. ޖައިޝަންކަރު މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ނ. މަނަދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިރަސްމިޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެ ވަޑައިގަތެވެ. 

އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ދެ ސީ އެެމްބިއުލާންސް ހަދިޔާކޮށްފައިވާއިރު، ރާއްޖޭގެ ބައެއް ރަށްރަށުގައި ސީއެމްބިއުލާންސް ނެތުމުގެ ސަބުބުން ބޮޑެތި ދަތިތަކެއް ދަނީ ކުރިމަތިވަމުން ނެވެ. އެގޮތުން ދުރުތަންތަނުން ސީއެމްބިއުލާންސް ގެންނަން ޖެހުމުގެ ސަބުބުން ބައެއް މީހުންގެ ފުރާނަ ސަލާމަތް ނުކުރެވި، މަރުވެފައި އެބަހުއްޓެވެ. އެގޮތުން ސީ އެމްބިއުލާންސް އުއުން ލަސްވުމުގެ ސަބަބުން ރ. ދުވާފަރުގައި ކޮވިޑަށް ފަރުވާދެމުންދިޔަ މީހަކު 2021 ވަނަ އަހަރު މަރުވެފައި ވެއެވެ.

މަނދޫގައި އޮތް ރަސްމިޔާތުގައި މިއަދު ދެގައުމުގެ ދެމެދުގައި ވަނީ ތިން އެއްބަސްވުމެއް ވެސް ބަދަލުކޮށްފަ އެވެ. އެއީ:

  1. ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް(އެޗްއައިސީޑީޕީ) ސްކީމު ފުޅާކޮށް، އޭގެ ދެވަނަ ފިޔަވައްސެއް ތައާރަފްކުރުމަށް ވެވުނު އެއްބަސްވުމެއް
  2. ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމަށް ވި އެއްބަސްވުމެއް
  3. ގައުމީ ޔުނިވާސިޓީ އާއި ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް(ސީޔޫއެސްއޭޓީ) އާއި ދެމެދު ވެވުނު އެއްބަސްވުމެއް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް