ads
ފަޒީން ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަން ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފައިލް ފޮޓޯ
ބްރޯޑްކޮމްގެ ނައިބު ރައީސް އަކަށް ފަޒީން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސް މަގާމަށް މުހައްމަދު ފަޒީން ހަމަޖައްސަވައިފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސް މަގާމަށް މުހައްމަދު ފަޒީން ހަމަޖައްސަވައިފިއެވެ. ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ފަޒީން އެމަގާމަށް ހަމަޖެއްސެވީ މިއަދުއެވެ.

ކޮމިޝަންގެ ނައިބު ރައީސްކަށް ހުސްވީ ކުރިން އެމަގާމުގައި ހުންނެވި އަހުމަދު ގައިސް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ގައިސް ކޮމިޝަނުގެ މެމްބަރުކަމާއި ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

ބޮރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމަށް ފަޒީން އައްޔަން ކުރެއްވީ 2021 ވަނަ އަހަރުގެ މާރިޗް މަހު އެވެ.

ފަޒީން ވަނީ މީގެކުރިން ޗެނަލް ނިއުސް މޯލްޑިވްސް (ސީ.އެން.އެމް) އަދި ރާއްޖެ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް