ads
ތޮއްޑޫ އަށް ސްމާޓް އިންފްރާސްޓްރަކްޗަ އަދި ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުމަށް އެ ރަށު ކައުންސިލާ އެކު އެޗްޑީސީން އެއްބަސްވުން - ފޮޓޯ:އެޗްޑީސީ
އެޗްޑީސީން ތޮއްޑޫއަށް ސްމާޓް ސިޓީ ސޮލިއުޝަންތައް
އއ. ތޮއްޑޫ އަށް ސްމާޓް އިންފްރާސްޓްރަކްޗަ އަދި ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުމަށް އެ ރަށު ކައުންސިލާ އެކު އެޗްޑީސީން އެއްބަސްވެއްޖެއެވެ.

އެޗްޑީސީން ބުނި ގޮތުގައި ކުދި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި ރާއްޖެ އޮތް ކަމުގައި ވީ ނަމަވެސް، ސްމާޓް ސިޓީ ސޮލިއުޝަންތަކަކީ ހަމަ އެކަނި އާބާދީ ބޮޑު ސިޓީތަކަށް ހާއްސަ އެއްޗެއް ނޫން ކަަމަށް އެ ކޯޕަރޭޝަނުން ގަބޫލުކުރާ ކަމަށެވެ. އެހެން ކަމުން، ކުދި ރަށްތަކުގައިވެސް ޓެކްނޮލޮޖީގެ ޒަރީއާއިން ތަފާތު ސްމާޓް ހިދުމަތްތައް ތައާރަފުކޮށް ރަށްފުށުގެ ރައްޔިތުންގެ ދިރިއުޅުން އުޖާލާ ކުރެވިދާނެ ކަން ސާބިތުކޮށްދޭން އެ ކޯޕަރޭޝަނުން ބޭނުންވި ކަމަށެވެ. އެގޮތުން ތޮއްޑޫ ކައުންސިލާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު، އެ ރަށަށް ސްމާޓް އިންފްރާސްޓްރަކްޗަ އަދި ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުމަށް ރަށު ކައުންސިލާ އެކު އެއްބަސްވެ، އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. 

އެ އެއްބަސްވުމުގެ ދަށުން ތޮއްޑޫ ގައި ކުރިއަށް ގެންދާނެ ކަންކަމުގެ ތެރޭގައި،

  • އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކުރުން
  • އެ ވިއުގަ މެދުވެރިކޮށް ސްމާޓް ފާމިން، ސްމާޓް ސަވައިލެންސް، ސްމާޓް ޕޯލް ފަދަ ސޮލިއުޝަންތައް ތައާރަފުކުރުން

your imageއެއްބަސްވުމުގެ ދަށުން އެޗްޑީސީން ތޮއްޑޫ ގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށްދޭނެ - ފޮޓޯ:އެޗްޑީސީ

އެޗް.ޑީސީން ބުނީ ޒަމާނީ ޓެކްނޮލޮޖީ އާއެކު ތައާރަފުވި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަން ތަކާ އެކު، ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމުގެ މަސައްކަތް ފަށާ ހަލުވިކަމާ އެކު ކުރިޔަށްދާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު ކަމާ އެކު، ސްމާޓް ސިޓީ އިންފްރާސްޓްރަކްޗައެއްގެ މައިގަނޑު އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމުކޮށް، ސްމާޓް ސިޓީއެއްގެ ވަރުގަދަ ބިންގަލެއް ހުޅުމާލޭގައި މިހާރު އަޅާފައިވާ ކަމުގައި އެޗްޑީސީން ބުނެއެވެ. އެ މަސައްކަތަށް ހާއްސަ ސްމާޓްކޮމް ކިޔާ ބްރޭންޑެއް އުފައްދާފައިވާ ކަމަށާއި ސްމާޓް ޕޯލް، ސްމާޓް ބެންޗް އަދި ޕަބްލިކް ވައިފައި ފަދަ އެތައް ސްމާޓް ސޮލިއުޝަންތަކެއް ތައާރަފު ކުރެވެމުންދާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އެޗްޑީސީގެ ތަސައްވުރަކީ ހުޅުމާލެ އަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަކަށް ހެދުން ކަން ފާހަގަކޮށް އެ ކޯޕަރޭޝަނުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް ޓެކްނޮލޮޖީގެ އެންމެ ކުރީ ސަފުގައި އެންމެންވެސް ބައިވެރި ކުރުމަކީ އަމާޒެއް ކަމަށެވެ. އެގޮތުން އެ ކޯޕަރޭޝަނުން މަސައްކަތްކުރާނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް ދިވެހިންގެ ދިރިއުޅުން ލުއިފަސޭހަ ކޮށްދިނުމަށް ކަމަށް އެޗްޑީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް