
މޯލްޑިވިއަނުން ބުނެފައިވަނީ އެ ބޯޓުގެ ފުރަތަމަ ދަތުރުކުރަން ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 03:40 ގައި ވީއައިއޭ އިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށެވެ.
އައިލެންޑް އޭވިއޭޝަނުގެ ފަރާތުން އޭޓީއާރު މަރުކާގެ ތިން ބޯޓު ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އޭޓީއާރު 72 މަރުކާގެ ދެ ބޯޓާއި އޭޓީއާރު 42 މަރުކާގެ އެއް ބޯޓެވެ.
އެ ތިން ބޯޓުގެ ތެރެއިން އޭޓީއާރު 72 މަރުކާގެ ދެ ބޯޓު ރާއްޖެއަށް ގެނެސްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.
- ކޮންމެ ބޯޓަކުންވެސް 70 ފަސިންޖަރުން އެއްފަހަރާ އުފުލޭނެ
- ތެޔޮ ހަރަދު ތިން އިންސައްތަ ކުޑަ
- މަރާމާތުގެ ހަރަދުތައް 20 އިންސައްތަ އަށް ދަށް
- ކާބަން ފުޓްޕްރިންޓް ދަށް ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލް (އެސްއޭއެފް) ބޭނުންކުރަން މަގުފަހިކޮށްދޭ
އޭޓީއާރު މަރުކާގެ ދެ ބޯޓާ އެކު އެތެރޭގެ އުދުހުންތަކުގައި މޯލްޑިވިއަނުން ބޭނުންކުރާ ބޯޓުތަކުގެ އަދަދު މިހާރު ވަނީ 12 ބޯޓަށް އިތުރުވެފައެވެ. މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 25 ބޯޓު އޮތް އިރު، އޭގެ ތެރޭގައި ދެން ހިމެެނެނީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސްގެ ދެ ބޯޓުގެ އިތުރުން 11 ސީޕްލޭން ބޯޓެވެ.