ads
ސިހުރުހަދާ ތަނެއް
ދަރިން ނުލިބޭތީ ސިހުރު ހަދަން އަނބިމީހާއަށް މިނިކަށި ކާންދީފި
އަވަށްޓެރި އިންޑިއާގައި ދަރިން ހޯދުމަށް ކަމަށްބުނެ އަންހެނަކަށް މިނިކަށި ކުނޑި ކާންދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އިންޑިއާގެ ޕޫނޭގެ 28 އަހަރުގެ އަންހެނަކު މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު ފުލުހުން މިހާރުދަނީ އަންހެން މީހާގެ ފިރިމީހާގެ އާއިލާގެ މީހުންނާއި ސިހުރުވެރިއަކާއި ސުވާލު ކުރަމުންނެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލާގައި އަންހެން މީހާ ބުނެފައިވަނީ ހަނދުމަހުގެ ކަޅުފޮއެ ރޭތަކުގައި މިނިކަށީގެ ކުނޑިކެއުމަށް ފިރިމީހާގެ އާއިލާއިން އޭނާއަށް މަޖުބޫރުކޮށް އެކަން ކޮށްފައިވާ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރަނީ އޭނާއަށް ދަރިން ނުލިބޭނީ ދަރިއަކު ހޯދުމަށް ސިހުރުވެރިއެއްގެ ލަފާގެމަތިންކަމަށްވެސް ބުނެފައިވެއެވެ.

އަންހެން މީހާ ބުނެފައިވާގޮތުން މިނިކަށިކާން ދިނުމުގެ އިތުރުން ސިހުރުވެރިޔާވެސް ބައިވެރިވާގޮތަށް ޖިންސީއަމަލުތައް ހިންގުމަށްވެސް އޭނާއަށް ވަނީ މަޖުބޫރުކޮށްފައެވެ.

މިކަމުގައި އެންމެ އިސްކޮށް އޭނާގެ ފިރިމީހާއާއި މާދައިތަ ހުރިއިރު، އެއާއިލާގެ އިތުރު ފަސް މީހަކުވެސް މިކަމުގައި ސާމިލްވާކަމަށް އަންހެންމީހާ ފައިލްކޮށްފައިވާ ރިޕޯޓްގައި ވާކަމަށް މީޑިއާަ ރިޕޯޓްތައް ބުނެއެވެ.

0%
ކަމުގޮސްފި
86%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް