ads
މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ފީ ބަލައިގަނެވޭނެ އިންތިޒާމުތައް ކައުންސިލުތަކުން ހަމަޖެއްސުމަށް އެންގި - ފޮޓޯ:އަވަސް
ވެހިކަލް ފީ ބަލައިގަނެވޭނެ ގޮތަށް ތައްޔާރުވެފައިވަނީ 19 ކައުންސިލަކުން
މިހާތަނަށް ވެހިކަލް ފީ ބަލައިގަނެވޭނެ ގޮތަށް ތައްޔާރުވެފައި ވަނީ 19 ކައުންސިލަކުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

މީގެކުރިން ވެހިކަލް ފީ ބަލައިގަންނަމުން ދިޔައީ މީރާ މެދުވެރިކޮށް ކަމަށް ވީނަމަވެސް، ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އެ ފައިސާ ކައުންސިލްތަކަށް ޖަމާވާގޮތަށް އުސޫލު ބަދަލުކޮށްފައެވެ. އެ ނިންމުމާ އެކު، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މީރާ މެދުވެރިކޮށް ފީ ބަލައިގަތުން ވަނީ ހުއްޓާލާފައެވެ.

ވެހިކަލް ފީ ބަލައިގަނެވޭނެ ގޮތަށް ތައްޔާރުވެފައިވާ ކައުންސިލްތަކަކީ:

  • ހއ. މާރަންދޫ ކައުންސިލް
  • ކުޅުދުއްފުށީ ސިޓީ ކައުންސިލް
  • ށ. ކޮމަންޑޫ ކައުންސިލް
  • ށ. ޅައިމަގު ކައުންސިލް
  • ށ. މިލަންދޫ ކައުންސިލް
  • ށ. ނޫމަރާ ކައުންސިލް
  • ނ. މަނަދޫ ކަައުންސިލް
  • ނ. ކެނދިކުޅުދޫ ކައުންސިލް
  • ނ. ވެލިދޫ ކައުންސިލް
  • ރ. މީދޫ ކައުންސިލް
  • ބ. ދަރަވަންދޫ ކައުންސިލް
  • ބ. ގޮއިދޫ ކައުންސިލް
  • ޅ. ނައިފަރު ކައުންސިލް
  • ތ. ދިޔަމިގިލީ ކައުންސިލް
  • ލ. ފޮނަދޫ ކައުންސިލް
  • ގއ. ދާންދޫ ކައުންސިލް
  • ފުވައްމުލަކު ސިޓީ ކައުންސިލް
  • އައްޑޫ ސިޓީ ކައުންސިލް
  • މާލެ ސިޓީ ކައުންސިލް

އެއްގަމު އުޅަނދު ފީ އާއި ކަނޑުގައި ދުއްވާ އުޅަނދުގެ ފީ އާއި ޓްރެފިކް އަދި ޕާކިންގް ވަޔަލޭޝަން ޖޫރިމަނާ ފައިސާ މީރާ އަށް ބަލައިގަންނަ ގޮތަށް އޮންނަ ގަވާއިދަށް ބަދަލު ގެނެސް ފީތައް ބަލައިގަތުމަކީ ވެހިކަލް ރަޖިސްޓްރީވެފައިވާ ކައުންސިލެއްގެ ބެލުމުގެ ދަށުން ކުރިއަށްދާ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ނިމިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ އޮންލައިން ޕޭމަންޓް ޕޯޓަލް "ސަވާރީ ޕޭ" މެދުވެރިކޮށް އެ ފައިސާ ބަަލައިގަންނަ ގޮތަށް ނިންމާ، މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ފީ ބަލައިގަނެވޭނެ އިންތިޒާމުތައް ކައުންސިލުތަކުން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ކައުންސިލްތަކަށް ފޮނުވިއެވެ.

"ސަވާރީ ޕޭ" މެދުވެރިކޮށް ދައްކާ ފައިސާ ރަށްރަށުގެ ކައުންސިލްތަކަށް ލިބޭނެ ގޮތަށް ބަނޑޭރި ޕޭ ގާއިމުކުރުމަށް އެލްޖީއޭއިން ވެސް ކައުންސިލްތަކަށް އޭރު އަންގާފައިވާއިރު، މި މަހުގެ އެއްވަނަ ދުވަހަށް ބަނޑޭރި ޕޭ ގާއިމުނުކުރާ ކައުންސިލްތަކުގެ ފައިސާ ޖަމާވާނީ ދައުލަތުގެ އާމްދަނީ އެކައުންޓަށް ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މި ބަދަލާ އެކު، އެއްގަމު އުޅަނދު ފީ އާއި ކަނޑުގައި ދުއްވާ އުޅަނދުގެ ފީ އާއި ޓްރެފިކް އަދި ޕާކިންގް ވަޔަލޭޝަން ޖޫރިމަނާ ފައިސާ ލިބޭނީ ކައުންސިލްތަކަށެވެ. މިކަމުން ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް