ads
ތުރުކީ މަތީގައި އުފެދުނު އާދަޔާ ހިލާފު ވިލާގަނޑު
ތުރުކީ މަތީގަ އުފެދުނު އާދަޔާހިލާފު ވިލާގަނޑުގެ ސިއްރަކީ ކޮބާ؟
ތުރުކީ މަތީގައި އާދަޔާ ހިލާފު ވިލާގަނޑެއް އުފެދި އެކަން މުޅި އިންޓަނެޓުގައި ވައިރަލް ވެގެން ދިޔައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެ ވިލާގަނޑު ވައްތަރީ ޔޫއެފްއޯއަކާ ކަމަށް ވެސް ގިނަ ބަޔަކު ބުނަމުން ދިޔައެވެ. އަދި އަނެއް ބަޔަކު ދިޔައީ އާދަޔާ ހިލާފު ވިލާގަނޑުގެ ފޮޓޯތަކަކީ އައްސްލުތޯ ވެސް ސުވާލު އުފައްދަމުންނެވެ. 

ނަމަވެސް މި ވިލާގަނޑަކީ ހަމަ ހަގީގަތުގައިވެސް ތުރުކީ މަތީގައި އުފެދުނު ވިލާގަނޑެކެވެ. އަދި ސައިންސު ވެރިން ވަނީ މި ވިލާގަނޑު އުފެދެން ދިމާވި ސަބަބު މިހާރު ވަނީ ކިޔައިދީފައެވެ. 

މި ވިލާގަނޑު އުފެދުނީ ތުރުކީގެ ބުރްސާ ކިޔާ ސަހަރު މަތީހައެވެ. އެއީ ތުރުކީގެ ވެރިއަށް އިސްތަންބުލް އާއި 50 މޭލު ދެކުނުގައި އޮންނަ ސަހަރެކެވެ. އެ ސަހަރުގައި ދެ މިލިއަން މީހުން ދިރިއުޅެވެ. 

މިފަދަ ވިލާގަނޑުތަކަށް އެންޓިކިއުލާ ވިލާގަނޑޭވެސް  ސައިންސުވެރިން ކިޔައެވެ. 

އެންޓިކުއާ ވިލާ އުފެދެނީ ކިހިނެތް؟ 

މިފަދަ ވިލާގަނޑެއް ކޮންމެ ކޮންމެ މާހައުލެއްގައި ނުއުފެދޭނެއެވެ. މިފަދަ ވިލާގަނޑެއް އުފެދުމަށް ޖައްވުގައި ވައިގެ ފަށަލަތައް ހަމައަށް ހުންނަންޖެހެއެވެ. ސަބަބަކީ މިފަދަ ވިލާތަކުގައި ހުންނަނީ ޖައްވީ ފަށަލަތަކުގެ ޕްރެޝަރުގެ ސަބުން ފަށަލަތައް ވަކިވެފައެވެ. އަދި އެފަދަ ވިލާ އުފެދެނީ ފަރުބަދަތައް ހުންނަ ސަރަހައްދުގައެވެ.

ބިމުގެ ކައިރީގައިވާ ވައިގައި އާންމުކޮށް މަތީގައި ހުންނަ ވައިއަށްވުރެ ގިނައިން ތެތްކަން ހިފަހައްޓާތީ، ބިމުގެ ކައިރީގައިވާ ވައިގެ ފަށަލަ ވަށައިގެންވާ މާހައުލަށްވުރެ ތެތްކަން ގަދަވެގެންދެއެވެ. އަދި ވައިގެ ފިނިހޫނުމިން އުސްމިނާއެކު ފިނިވާތީ، އެ ވައިތައް މައްޗަށް އަރާވަރަކަށް އޭގެ ޑިއު ޕޮއިންޓާ ހަމައަށް ފިނިވެދާނެއެވެ. އެކަން ދިމާވުމުން ވަޔަށް އަންނަ ބަދަލުތަކެއްގެ ސަބަުން މިފަދަ ވިލާގަނޑެއް އުފެދޭކަމަށް ސައިންސުވެރިން ބުނެއެވެ. 

ތުރުކީގެ ބުރުސާ މަތީގައި އުފެދުނު ވިލާގަނޑު އެހާބޮޑަށް މީހުންގެ ލޮލުގައި އަޅައިގަތީ އެ ވިލާގަނޑު އުފެދިފައި ހުރީ 10،000 ފޫޓު ތިރީގައިކަމަށްވާތީއެވެ. އަދި އެވިލާ އުފެދުނު ވަގުތު އިރުގެ ދޯދިތައް ވިލާގަނޑަށް އެޅި ވިލާގަނޑު ރަންކުލައާ އޮރެންޖުކުލައިން ދިއްލުމުންނެވެ. 

މީގެ ވިލާގަނޑެއް 2020 ވަނަ އަހަރު އެމެރިކާގެ ކެލިފޯނިއާއިން ވެސް ފެނުނެވެ. 

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް