ads
ބިންވެރިޔާ ސްކީމް ލޯންޗްކުރުމުގެ ތެރެއިން
މާލޭ މީހުންނަށް ގޯތި ދޭ މައްސަލަ ސުޕްރީމް ކޯޓަށް
މާލޭ މީހުންނަށް ގޯތި ދޫކުރުމާ ގުޅޭ ގޮތުން ހަދާފައިވާ އުސޫލު ހިފައިގެން ދެ ގާނޫނީ ވަކީލަކު ދެވަނަ ފަހަރަށް ސުޕްރީމް ކޯޓަށް ހިނގައްޖެއެވެ.

ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ، ހައިކޯޓަށްވެސް މި މައްސަލަ ހުށަހެޅި ވަކީލް ޝިހާދު އިބްރާހިމާއި ވަކީލް ހަސަން ފަލާހެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު، ދުސްތޫރީ މައްސަލައެއްގެ ގޮތުގުގައި، މާލޭ މީހުންނަށް ގޯތި ދޫކުރުމާ ގުޅޭ ގޮތުން ހަދާފައިވާ އުސޫލުގައި މާލޭ މީހުން ކަމަށް ބަލާ މިންގަނޑު ބާތިލްކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުންވަނީ އެ ކޯޓަށް ފުރަތަމަ މަރުހަލާގައި ނުބެލޭނެ ކަމަށް ބުނެ ހުކުމްކޮށްފައެވެ. ހައި ކޯޓުން މިދިޔަ މަހު ނިންމީ އެއީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.

ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ މި ހަފްތާގައެވެ. އެހެންނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމާމެދު އަދި ގޮތެއް ނުނިންމައެވެ.

ގެދޮރުވެރިޔާ ސްކީމުގު ދަށުން ގޯތި ދޫކުރުމުގެ އުސޫލަކީ ކޮން ގާނޫނެއްގެ ނުވަތަ ކޮން ގަވައިދެއްގެ ދަށުން ނެރެފައިވާ އެއްޗެއްކަމެއް އެނގޭކަށް ނެތް ކަމަށް ހައިކޯޓުގެ ހުކުމުގައި ކަނޑައެޅުމާއެކު އެ ސްކީމްގެ ގާނޫނީ ހައިސިއްޔަތާ މެދުވަނީ ސުވާލު އުފެދިފައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް