
އަންހެން ވޮލީ މުބާރާތުގެ ތެރެއިން
އަންހެން ވޮލީ ފައިނަލުގެ ފަހުޖާގަ ވެމްކޯއަށް
ސްޕޯޓްސް ޓީމް
26 ޖެނުއަރީ 2023 - 12:05:40
ގައުމީ އަންހެން ވޮލީ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ، ކްލަބް ވެމްކޯއިން ހޯދައިފިއެވެ.
ފައިނަލުގެ ފަހު ޖާގަ ވެމްކޯއިން ހޯދީ، ސެމީ ފައިނަލުގައި ރޭ 3-1 ސެޓުން ކްލަބް އީގަލްސް ބަލިކޮށްގެނެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭއެވެ. މާދަމާ ރޭ ކުޅޭ ފައިނަލް ގައި ވެމްކޯ ނުކުންނާނީ ލީގު ބުރުގެ ތިން މެޗު ވެސް ކާމިޔާބު ކޮށް އެއް ވަނަ ހޯދި ކްލަބް ވޮލީބޯލް އާ ދެކޮޅަށެވެ.
ފައިނަލުގެ ފަހު ޖާގަ ހޯދި ވެމްކީއާ، ކްލަބު ވޮލީބޯލް ލީގު ބުރުގައި ކުޅުނު މެޗުން ކްލަބު ވޮލީބޯލްވަނީ މޮޅުވެފައެވެ.
ރޭ އީގަލްސްއާ ވެމްކޯ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯ އަށް ކުޅޭ ނޭޕާލް ގައުމީ ޓީމުގެ ކުޅުންތެރިޔާ، ޕްރަތީބާ މަލީ އެވެ.
މިއީ 2019 ވަނަ އަހަރަށް ފަހު ކުޅޭ ފުރަތަމަ އަންގެން ގައުމީ މުބާރާތެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް