ads
ޕީޕީއެމް މުޒާހަރާތެރެއިން ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ހާލު ސީރިއަސްވި މީހެއް---
ޕެޕާ ސްޕްރޭ ޖެހުމުން ހާލު ސީރިއަސްވެ ފަރުވާދިން ދެމީހުން ހޮސްޕިޓަލުން ދޫކޮށްލައިފި
އިދިކޮޅު ޕީޕީއެމް/ޕީއެންސީ މުޒާހަރާ ތެރެއިން އަނިޔާވެގެން ރޭ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދެ މީހުން ދޫކޮށްލައިފި އެވެ.

އިދިކޮޅުގެ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމާއިއެކު ކޮންމެ ރެއަކުވެސް އިދިކޮޅުން ކުރިއަށް ގެންދާ ސިލްސާ މުޒާހަރާތަކުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕަ ސްޕްރޭ ބޭނުން ކޮށްފަ އެވެ. 

އިދިކޮޅުން ރޭ ބުނިގޮތުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ބައިވެރިންގެ މޫނަށާއި ލޮަލަށް އަމާޒުވާގޮތަށް ފުލުހުން ރޭ ޕެޕަ ސްޕްރޭ ބޭނުން ކޮށްފައި ވެއެވެ. އެހެންވެ، އަންހެނަކާއި، ފިރިހެނެއްގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އިދިކޮޅުން ރޭ ބުންޏެވެ. 

މޫނަށާއި ލޮލަށް އަމާޒުވާ ގޮތަށް ގާތުން ޕެޕަ ސްޕްރޭ ބޭނުންކުރުމުގެ ސަބަބުން ނޭވާލާން އުނދަގޫވެ، ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދިޔަ އެ ދެމީހުން ރޭ ދަންވަރު ދޫކޮށްލާފައިވާ ކަމަށް ޕީޕީއެމްއިން "ސީއެންއެމް" އަށް މިއަދު މައުލޫމާތު ދިނެވެ. 

"ދެމީހުންގެ ހާލު ރަނގަޅުހެން ހީވަނީ މިހާރު. ދެމީހުން ދަންވަރު ހޮސްޕިޓަލުން ދޫކޮށްލައިފި،" ޕީޕީއެމްގެ އެސްޖީ މުހައްމަދު ތޮލާލް ވިދާޅުވި އެވެ.

ގިނަ ބައެއްގެ މޫނަށް ސްޕްރޭ ކޮށްފައިވާތީ އެމައްސަލަ ބަލައިދިނުމަށް އެޗްއާރްސީއެމްގައި ވެސް އެދިފައި ވެއެވެ. އަދި އެއަމަލު މިއަދު ޕީޕީއެމްއިން ވަނީ ކުށްވެރި ވެސް ކޮށްފަ އެވެ. 

ރޭގެ މުޒާހަރާގެ ތެރެއިން، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު އައިފާން ހިމެނޭހެން ދެ މީހަކު ހައްޔަރުވެސް ކޮށްފައި ވެއެވެ. އެމީހުން އަދި ފުލުހުން ދޫކޮށްލާފައެއް ނުވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް