ads
ޝާހުރުކް ހާން އަދި އާލިއާ ބަޓް
އާލިއާ ބަޓްގެ ހާއްސަ ޒިޔާރަތެއް ޝާހުރުކް ހާންގެ ގެއަށް
ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓް ހާއްސަ ޒިޔާރަތެއް ޝާހުރުކް ހާން ދިރުއުޅޭ ގެ 'މަންނަތް' އަށް ކޮށްފިއެވެ.

މި ޒިޔާރަތަކީ ޝާހުގެ ފިލްމު 'ޕަތާން' އިން ހޯދަމުން ގެންދާ ބޮޑު ކާމިޔާބީ ފާހަގަކޮށް ޝާހު އަށް މަރުހަބާ ކިޔުމުގެ ގޮތުން ކުރި ޒިޔާރަތެކެވެ. 

ޝާހުއާއި އާލިއާ ބަޓް އަކީ ވަަރަށް ގާތް ރަހުމަތްތެރިކަމެއް އޮންނަ ދެ ތަރިންނެވެ. 

ޝާހުގެ ފިލްމު 'ޕަތާން' އެޅުވިތާ އަދި ހަފްތާއެއް ވެސް ނުވަނީ އެ ފިލްމުން މުޅި ދުނިޔެއިން ވަނީ 300 ކަރޯޑު ރުޕީޒް (565,291,468 ރުފިޔާ) ގެ ފައިދާއެއް ހޯދާފައެވެ. މުއީ މި ފިލްމު އުފައްދަން ހޭދަކުރި އަދަށްވުރެ 50 ކަރޯޑު ރުޕީޒް އިތުރު އަދަދެކެވެ. 

ޕަތާން އިން ލިބުނި ބޮޑު ކާމިޔާބީ ފާހަގަކުރަން އެ ފިލްމުގެ ތަރިން ވެސް ވަނީ ޝާހުގެ ގޭގައި ކުޑަ ޕާޓީއެއްވެސް ބާއްވާފައެވެ. އެ ޕާޓީގައި ފިލްމުގެ ބަތަލާ ދިޕިކާ ޕަދްކޯން އަދި އޭނާގެ ފިރިމީހާ ރަންވީރު ވެސް ބައިވެރިވިއެވެ. 

ޕަތާން އެޅުވުމުގެ ކުރިން އެފިލް ޕްލޮޕްކޮށްލަން އިންޑިއާގެ ހިންދޫން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. 

ސިދާތު އަނަންދު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަދީއްޔާ ޗޯޕްރާ، އަދި އެލެގްޒެންޑާ ޑޮސްޓަލް ޕްރޮޑިއުސްކުރާ ފިލްމެކެވެ.  މި ފިލްމަކީ 250 ކްރޯޑް ރުޕީޒް (471,336,420 ރުފިޔާ) ގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރުން ވެސް ވަނީ މި ކާމިޔާބީއާމެދު ހިތްހަމަ ޖެހޭކަމަށް ބުނެފައެވެ. 

71%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް