ads
ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން މީހަކު ހައްޔަރުކުރަނީ——ފޮޓޯ: އަދަދު
ޕްރައިމަރީގައި ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި
އިއްޔެ ކުރިއަށްދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ވޯޓު ލުމަށް ހާއްސަ ކުރެވިފައިވާ ވޯޓު ފޮށިތަކަށާއި ވޯޓުލާ މަރުކަޒަށް ގެއްލުންދީ ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.

ހަމަނުޖެހުންތަކާއި ގުޅިގެން ގދ. ރަތަފަންދޫ، ގދ. ތިނަދޫ މީހުން ހައްޔަރުކުރި އެވެ. އަދި ވޯޓުގުނަމުންދަނިކޮށް ވޯޓު ކަރުދާސްތައް އުކާލި ދެމީހަކުވެސް އިއްޔެ ހައްޔަރުކުރި އެވެ. 

ހައްޔަރުކުރީ:

  • ގދ. ތިނަދޫ އިން އެކަކު
  • ގދ. ރަތަފަންދޫ އިން 2 މީހަކު
  • ޅ. އަތޮޅު ދާއިރާގެ ވޯޓު ގުނަމުންދަނިކޮށް ވޯޓު ކަރުދާސްތައް އުކާލި 2 މީހަކު

މިއެންމެން މިހާރު ދޫކޮށްލާފައިވާއިރު، ވޯޓުލާ މަރުކަޒުތަކުގައި އެމްޑީޕީގެ ތަކެއްޗަށް ގެއްލުންދީ ޕްރައިމަރީ ގަޑުބަޑު ކުރުމަށް މަސައްކަތްކުރާ މީހުންގެ މައްސަލަތައް ބަލައި އެމީހުންނާއިމެދު ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން ރޭ ވަނީ ބުނެފަ އެވެ. މިއަދު ބޭއްވި ޕްރައިމަރީ އިންތިޒާމު ކުރުމަށް ކަނޑައަޅާފައިވާ ފަސް މެމްބަރުންގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީން ބުނީ، އިއްޔެ ޕްރައިމަރީގައި އެފަދަ ކަންކަން ކުރި މީީީހުންގެ ތެރެއިން ފިޔަވަޅު އެޅޭނީ އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ހިމެނޭ މީހުންނަށް ކަމަށެވެ. އެގޮތުން އެފަދަ މެމްބަރުން ދެން އަންނަ އެތެރޭގެ އިންތިހާބުތަކުގައި މުހިންމު ޒިންމާތަކާއި ހަވާލު ނުކުރުންފަދަ ފިޔަވަޅުތައް އެޅިދާނެ ކަމަށެވެ. 

އިއްޔެ ބައެއް ވޯޓު ލާ މަރުކަޒުތަކުގައި ހަމަނުޖެހުން ހިނގާ މާރާމާރީވެސް ވަނީ ހިންގާފައިވާއިރު،ބައެއް ވޯޓު ފޮށިތައް ހަލާކު ކޮށްލައި، ވޯޓު ކަރުދާސްތައް ނަގާ އުކާލައި ވީދާފައި ވެސް ވެއެވެ. އަދި ވޯޓުލާ މަރުކަޒުތަކުގައި ހުރި ތަކެއްޗައްވެސް ގެއްލުންދީފައި ވެއެވެ. މިފަދަ އެންމެ ބޮޑު ހަމަނުޖެހުމެއް ހިނގި ތަންތަނުގެ ތެރޭގައި ގދ. ގައްދޫ ވެސް ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް