ads
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން ތަކެއް
ޖެނުއަރީ މަހު މީރާއަށް ގްރީން ޓެކުހުގެ ގޮތުގައި 84 މިލިއަން ރުފިޔާ
މިއަހަރުގެ ޖެނުއަރީ މަހު ގްރީން ޓެކުުގެ ގޮތުގައި މީރާއަށް 84 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ގްރީން ފަންޑް ރިޕޯޓްގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ޖެނުއަރީ މަހު ގްރީން ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް މީރާއަށް ދައްކާފައި ވަނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުން އެކަނި މީރާއަށް 29 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ވަނީދައްކާފައެވެ. މާލެ އިން ޖެނުއަރީ މަހު ގްރީން ޓެކުހުގެ ގޮތުގައި މީރާއަށް ލިބިފައި ވަނީ 1.65 މިލިއަން ރުފިޔާއެވެ. 

ރިސޯޓްތަކުން ޖުމްލަ 77 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ޖެނުއަރީ މަހު ލިބިފައި ވާއިރު، ގެސްޓް ހައުސްތަކުން ވަނީ 3.4 މިލިއަން ރުފިޔާ ލިބިފައެވެ. އަދި ހޮޓެލްސް ތަކުން 1.8 މިލިއަން ރުފިޔާ ލިބިފައި ވާއިރު، ސަފާރީ އުޅަނދުފަހަރުން ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 2.3 މިލިއަން ރުފިޔާއެވެ.

މި ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ ޖެނުއަރީ މަހު ގްރީން ފަންޑުން 584 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަބޫދާބީ ފަންޑުން 214،764.46 ރުފިޔާ ވަނީ ޒޯން ހަތެއް ގައި ހިމެނޭ ރަށްރަށުގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއަށް ހޭދަކޮށްފައެވެ. މީގެ އިތުރުން ޒޯން އެކެއްގައި ހިމެނޭ ރަށްތަކަށް ބޭނުންވާ ކުނި ނައްތާލުމުގެ މަޝްރޫއަކަށް ބޭނުންވާ ސާމާނު ހޯދުމަށް 174,954.33 ރުފިޔާ ވަނީ ގްރީން ފަންޑުން ހޭދަ ކޮށްފައެވެ. ގްރީން ފަންޑުން ޖެނުއަރީ މަހު ކޮށްފައިވާ އިތުރު ހަރަދަކީ އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ހިންގާ ކުނި މެނޭޖު ކުރުމުގެ މަޝްރޫއަށް ހަރަދު ކުރި 195 މިލިއަން ރުފިޔާ އެވެ. 

ޖެނުއަރީ މަސް ނިމުނު އިރު ގްރީން ފަންޑުގައި ޖުމްލަ 866.9 މިލިއަން ރުފިޔާ ހުރިކަމަށް ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކައެވެ. 

ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން ނަގަން ފަށައިފާވާ ގްރީން ޓެކްސް ނަގަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ. ރިސޯޓްތަކާއި ސަފާރީތައް އަދި ހޮޓާ ތަކަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ހަ ޑޮލަރެވެ. އަދި ގެސްޓްހައުސް ތަކުގައި ޗުއްޓީ ހޭދަޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ތިން ޑޮލަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް