ads
ގަޓޫސޯ
ވެލެންސިޔާގެ ކޯޗުކަމުން ގަޓޫސޯ ވަކިކޮށްފި
ސްޕެއިނުގެ ވެލެންސިއާގެ އިޓަލީ ކޯޗު ޖެނާރޯ ގަޓޫސޯ އެ މަގާމުން ވަކިކޮށްފިއެވެ.

ވެލެންސިޔާއިން ގަޓޫސޯ، ދޫކޮށްލަން ނިންމީ ލީގުގައި އާދިއްތަ ދުވަހުގެރޭ ރެއާލް ވަލޮޑޮލިޑް އަތުން ވެލެންސިއާ ބަލިވުމުންނެވެ. އޭގެ ކުރިން ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލުގައި އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯ އަތުން 3-1 އިން ބަލިވެ ވެލެންސިއާ ވަނީ މުބާރާތުން ކަޓައިފަ އެވެ. އެ މެޗަށް ފަހު، ގަޓޫސޯ، ވެލެންސިއާގެ ކޯޗުކަމުން އިސްތިއުފާ ދޭން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު، ގަޓޫސޯ ވަނީ އެ ވާހަކަތައް ދޮގުކޮށް، މަގާމުން ވަކިވެގެން ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގަޓޫސޯ ވަކިކުރިއިރު، ޓްރާންސްފާ މާކެޓްގައި އާ ކުޅުންތެރިން ހޯދައިދޭނެ ކަމުގެ ޔަގީންކަމެއް ކްލަބުން ނުދިނުމުން ކުލަބާ ގަޓޫސޯއާ ދެމެދުވަނީ ނުތަވަސްކަމެއް އުފެދިފައެވެ.

ގަޓޫސޯ، ކޯޗިން ކެރިއަރު ފެށީ 2013 ވަނަ އަހަރު ސްވިޒަލެންޑްގެ ސިއޯން އިންނެވެ. ގަޓޫސޯ ވަނީ އޭނާ ކެރިއަރުގައި ކުޅުނު، އޭސީ މިލާންގެ ކޯޗަކަށް 2015-2017 އަށް ހުރެފަ އެވެ. އޭގެ ފަހުން، 2019 ޑިސެމްބަރުން، 2021 ގެ މެއި މަހާ ހަމައަށް ނަޕޯލީގެ ކޯޗަކަށް މަސައްކަތްކުރި އެވެ. ނަޕޯލީ އަށް 2020 ވަނަ އަހަރުގެ ކޮޕަ އިޓާލިއާ ހޯދައިދިނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް