ads
ކްރިޝްނާ މަންޑަލް،22
ކައިވެނި ކުރަން، ބަނގުލަދޭޝް އަންހެނަކު ފަތާފައި އިންޑިއާއަށް ގޮސްފި
ބަންގްލަދޭޝްގެ އުމުރުން 22 އަހަރުގެ އަންހެނަކު އޭނާގެ ލޯބިވެރިޔާއާ ކައިވެނި ކުރަން ބޯޑަރު ހުރަސްކޮށް ފަތާފައި އިންޑިއާއަށް ގޮސްފިއެވެ.

ކްރިޝްނާ މަންޑަލް ނަމަކަށް ކިޔާ އެ އަންހެން މީހާ ފަހުން ވަނީ ގަވާއިދާ ހިލާފަށް އިންޑިއާއަށް އެތެރެވި ކަމަށް ބުނެ ނަރެންދުރަޕޫރު ޕޮލިހުން ހޯމަ ދުވަހު ހައްޔަރުކޮށްފަ އެވެ.

ބަނގުލަދޭޝްގެ ސުންދަރުބަންސްގެ ޖަންގަލީގެ ތެރެއަށް ވަދެ، އެ ސަރަހައްދުގައި އޮންނަ މަޓްލާ ކޯރު ހުރަސްކޮށް ގަޑިއިރަކަށް ވުރެ ގިނައިރު އަންހެން މީހާ ފަތާފައިވެއެވެ. 

"ލޮކްމަޓް" ގައި ރިޕޯޓެއްގައިވާ ގޮތުން ކްރިޝްނާގެ ލޯބިވެރިޔާ އަބިކް މަންޑަލް ކާރެއްގައި އިންތިޒާރު ކުރަމުން ދިޔައީ  ސައުތު 24 ޕަރްގަނާ ޑިސްޓްރިކްޓްގެ ކައިހާލީ އަވަށުގައެވެ. އެއީ އެ ކޯރުގެ އަނެއް ފަޅިއެވެ.

your imageމަލްޓާ ކޯރު ދައްކުވައިދޭ ޗާޓެއް 

ފަހުން އެމީހުން ކާރު ދުއްވައިގެން ކޮލްކަތާގެ ފައްޅިއަކަށް ގޮސް ކައިވެނި ކުރި އެވެ.

މިހާރު ދެމަފިރިން އޮންލައިންކޮށް ބައްދަލުވީ ފޭސްބުކުންނެވެ. ކްރިސްނާ ފަތާފައި އިންޑިއާއަށް ދިޔައީ އޭނާގެ ލޯބިވެރިއާ  އަބީކްގެ އަތުގައި ޕާސްޕޯޓެއް ނެތުމުން ގާނޫނީ ގޮތުން ބަންގްލަދޭޝްއަށް އެތެރެވުމަށް އޭނާއަށް ހުރަސް އެޅުމުންނެވެ. 

38%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް