ads
ޑޮލަރު އެކައުންޓުން ނަގުދު ފައިސާ ނެގުމަށް ކަނޑައަޅާފައިވާ ލިމިޓް ވަނީ އުވާލާފައި - ފޮޓޯ:ބީއެމްއެލް
ޑޮލަރު އެކައުންޓުން ފައިސާ ނެގުމަށް ކަނޑައަޅާފައިވާ ލިމިޓް ބީއެމްއެލުން އުވާލައިފި
ޑޮލަރު އެކައުންޓުން ނަގުދު ފައިސާ ނެގުމަށް ކަނޑައަޅާފައިވާ ލިމިޓް އުވާލާފައިވާ ކަމަށް ބީއެމްއެލުން ބުނެފިއެވެ.

ބީއެމްއެލުން ބުނެފައިވަނީ އެ ބޭންކުގެ އޭޓީއެމްތަކާއި ބްރާންޗްތައް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ކަނޑައަޅާފައިވާ 2،000 ޑޮލަރުގެ ލިމިޓް މިއަދުން ފެށިގެން އުވާލާފައިވާ ކަމަށެވެ.

ހ. މެރިން ޑްރީމް، ވީއައިއޭ އަދި ހުޅުމާލެ ރެނާޓަސް އިތާ މުއި ގައި ގާއިމުކޮށްފައިވާ ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޮލަރު އެކައުންޓުން 1،600 ޑޮލަރު ނެގޭނެކަމަށް އެ ބޭންކުން ބުނެއެވެ.

ޔޫއެސް ޑޮލަރު އެކައުންޓް ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ހަމަޖައްސާފައިވާ ޑެބިޓް ކާޑުތަކުން ކޮންމެ ދުވަހަކު 3،000 ޑޮލަރާ ހަމައަށް ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ ކަމަށާއި ޔޫއެސް ޑޮލަރު އެކައުންޓުން އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފަގެ ހިދުމަތްވެސް މިހާރު ލިބޭނެކަމަށް ބީއެމްއެލުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް