ads
އިންޑިއާގައި ހުއްޓައި ގެއްލިގެން ހޯދަމުންދާ މަހްދީ
ާިއިންޑިއާގެ ކޮޗިންއިން ގެއްލިގެން ހޯދަމުންދާ މަހްދީ އަދިވެސް ނުފެނޭ
ބޭސްފަރުވާއަށް ގޮސް އުޅެނިކޮށް ހޮސްޕިޓަލުތެރެއިން ގެއްލުނު ދިވެހި ޒުވާނާ އަދިވެސް ނުފެންނަ ކަމަށް އާއިލާއިން ބުނެފި އެވެ.

ބޭސްފަރުވާއަށް ގޮސް ހުރި އަމްރިތާ ހޮސްޕިޓަލުގެ ތެރެއިން ގެއްލިގެން ހޯދަމުންދަނީ ކ ތުލުސްދޫ، ޕަރިސްތާ، އުމުރުން 35 އަހަރުގެ މުހައްމަދު މަހްދީ ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ބައިޕޯލާ ޑިސްއޯޑާ އަށް ފަރުވާ ހޯދަމުންދާ މީހެކެވެ. 

އިއްޔެ ހެނދުނު ފެށިގެން ގެއްލިގެން އާއިލާއިން މަހްދީ ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިފައިވާއިރު، މިއަދު އާއިލާއިން ބުނިގޮތުގައި އޭނާ އަދިވެސް ނުފެނެ އެވެ. 

"ކޮންމެ ތަނެއްގައި ހުރިނަމަވެސް ސަލާމަތުން ލަހައްޓަވާތޯ ދުއާކުރަން. އަދި އަވަހަށް ހޯދުމުގެ ހިތްވަރު ދެއްވާތޯ ވެސް ދުއާކުރަން،" އާއިލާއިން ބުންޏެވެ.

އިންޑިއާ ފުލުހުންނާއި ދިވެހިން ފުލުހުންނާއި، ރާއްޖޭގެ ފޮރިން މިނިސްޓްރީ އަދި އިންޑިއަން ހައިކޮމިޝަނާއި ގުޅިގެން އާއިލާއިން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ނެވެ.

އޭނާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 7889180 ނަންބަރު އަދި 7971667 ނަންބަރަށް މައުލޫމާތު ހިއްސާކުރުމަށްވެސް އާއިލާއިން އެދެއެވެ.

އާއިލާއިން ބުނާގޮތުން ކޮޗިންއަށް ބޭސްފަރުވާއަށް ދިޔައީ ބައިޕޯލަ ޑިސްއޯޑަގެ މައްސަލަ ފަހަކަށް އައިސް ވަރަށް ބޮޑުވެ އެކަމަށް ފަރުވާކުރުމަށް އިންޑިއާއަށް ދިއުމަށް ޑޮކްޓަރު ލަފާދެއްވުމުން ނެވެ. 

ބަލީގެ ގޮތުން ކުއްލި ކުއްލިއަށް ގަދައަށް މަހްދީ ރުޅިއާދެ އެވެ. އިއްޔެ ހެނދުނު ޑޮކްޓަރަށް ދެއްކުމަށް އަމްރިތާ ހޮސްޕިޓަލަށް ދިއުމުންވެސް ކުއްލިއަކަށް ރުޅިގަދަވެ ހޮސްޕިޓަލުން ނިކުމެގެންދިޔައީ ކަމަށް އާއިލާއިން ބުނެ އެވެ. 

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް