ads
މުޒާހަރާ ތެރެެއަށް ވަތް މީހާ ހިފަހައްޓާފައި
ސައިކަލުގައި ގޮސް އިދިކޮޅު މުޒާހަރާ ތެރެއަށް، ސައިކަލް ޓޯކޮށްފި
އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ބޭއްވި ބުންވަރު މުޒާހަރާގެ ތެރެއަށް މީހަކު ސައިކަލެއްގައި ގޮސް ވަނުމުން ހަމަނުޖެހުން ހިނގައިފިއެވެ.

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މުޒާހަރާ މަޖީދީ މަގުގައި ކުރިއަށް ދަނިކޮށް، މަޖީދީމަގު ނަލަހިޔާ ހިސާބުން ރީންދޫ ޓީޝާޓެއްލައިގެން ސައިކަލުގައި ދިޔަ މީހަކު ވަދެގަތީ، ފުލުހުން ވެސް ހުއްޓުވަން މަސައްކަތް ކުރަނިކޮށެވެ.

މުޒާހަރާގެ ސެކިއުރިޓީވެސް ފޫއަޅުވާލައި އޭނާ ވަނުމުން ބައެއް މީހުންގެ ގައިގައި ސައިކަލު ޖެހޭތަން އާއްމުވެފައިވާ ވީޑިއޯއިން ފެނުނު ނަމަވެސް މީހަކަށް މާބޮޑު ގެއްލުމެއް ނުވެއެވެ.

އެމީހާ މުޒާހަރާގެ ތެރެއަށް ވަނުމުން މީހުންގަނޑު އަރައިގަނެ ޓީޝާޓު ވީދާލައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގި ނަމަވެސް އޭނާއަށްވެސް މާބޮޑު އަނިޔާއެއް ނުވެއެވެ. ފުލުހުން ވަނީ އެތަނުން އޭނާ ނެރެ ގެއެއްގެ ތެރެއަށްވައްދާ މައްސަލަ ފިނިކޮށްފައެވެ.

ފުލުހުން މިރޭ ބުނީ އިދިކޮޅު މުޒާހަރާގެ ތެރެއަށް ވަތް މީހާއާއިމެދު ޓްރެފިކް ގަވާއިދުގައިވާގޮތުގެ މަތިން ފިޔަވަޅު އަޅާފައިވާކަމަށާއި ސައިކަލު 15 ދުވަހަށް ޓޯކޮށްފައިވާ ކަމަށެވެ.

90%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް