ads
ފޮޓޯ: ސަން
ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރަމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީއަށް ވާދަކުރުމުގެ ފުރުސަތު އެޕާޓީން ހުޅުވާލާފައިވާއިރު، ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ބަންދު ކުރަނީ 10 ޖެނުއަރީ 2020 ވަނަ ދުވަހުކަމަށް އެޕާޓީން ބުނެއެވެ.

ވޯޓާސްލިސްޓް އާއްމުކުރުން 7 ޖެނުއަރީ 2020 ވަނަ ދުވަހު ބާއްވާއިރު، ކެންޑިޑޭޓުންގެ ލިސްޓު އާއްމުކުރުން 13 ޖެނުއަރީގައި ބޭއްވުމަށްވެސް އެމްޑީޕީން ވަނީ ނިންމާފައެވެ.

އަދި ޕްރައިމަރީގެ ވޯޓުލުން އޮންނާނީ 31 ޖެނުއަރީ 2020 ދުވަހުކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

އަންނަ އަހަރު އޮންނަ ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޯދުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ހިމެނިފައިވާ މެމްބަރުންނަށް އެކަނި ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް