ads
އިވާން
ނިއު ރޭޑިއަންޓް އަތުން ބަލިވި ޔަންގޮންގެ ކޯޗު މާޒިޔާއަށް
އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު މާލޭގައި، ނިއުރޭޑިއަންޓް އަތުން ބަލިވި ޔަންގޮންގެ ކޯޗަކަށް އޭރު ހުރި ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް މާޒިޔާގެ އާ ކޯޗުގެ ގޮތުގައި ހަމަ ޖައްސައިފިއެވެ.

މާޒިޔާއަށް އަލަށް ގެނައި ކޯޗަކީ، އުމުރުން 65 އަހަރުގެ އިވާންއަކީ ކޯޗިންގެ ތަޖުރިބާ އަށް ބަލާއިރު، މާޒިޔާގެ އުމުރަށްވުރެވެސް ގިނަ ދުވަހޕްރޮފެޝަނަލް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. މިއީ މާޒިޔާގެ ބިދޭސީ ހަތަރުވަނަ ކޯޗެވެ.

2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ނިއުރޭޑިއަންޓާ ޔަންގޮން ކުޅުނު ދެ މެޗުގެ ތެރެއިން މާލޭގައި ނިއުރޭޑިއަންޓް ޔަންގޮން އަތުން މޮޅުވިއިރު މިޔަންމާގައި ނިއުވަނީ ބަލިވެފައެވެ. ނިއުއިންވަނީ އެ އަހަރު އިވާން ކޯޗުކޮށްދިން ޔަންގޮން ބަލިކޮށް އޭއެފްސީ ކަޕުގެ ގްރޫޕްގެ އެއްވަނަ ހޯދާފައެވެ.

މާޒިޔާގައި މީގެ ކުރިން މަސައްކަތް ކުރި ބިދޭސީ ކޯޗުންނަކީ މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ، ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް އަދި މިއޮޑްރަގް ޖެސިކް އެވެ. ޖެސިކް ވަނީ ދާދި ފަހުން ކާރު އެކްސިޑެންޓެއްގައި މަރުވެފަ އެވެ.

މާޒިޔާއަށް އަލަށް ގެނައި ކޯޗު އިވާންގެ ކޯޗިން ކެރިއަރު ފެށީ 1982 ވަނަ އަހަރު ބަލްގޭރިއާގެ ލެވްސްކީ ސޯފިއާގެ ޔޫތު ޓީމުންނެވެ. އޭޝިއާގައި އިވާންގެ ފުރަތަމަ ތަޖުރިބާ އަކީ 2002-2004 އަށް އިންޑޮނީޝިއާ ގައުމީ ޓީމަށް ކޯޗުކޮށްދިނުމެވެ. އޭގެ ފަހުން، 2004-2005 އަށް އޭނާ ވަނީ މިޔަންމާގެ ހެޑް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި 2007 ވަނަ އަހަރު އަލުން އިންޑޮނީޝިއާ ކޯޗެއްގެ ގޮތުގައި އެއް އަހަރު ހުއްޓެވެ.

އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓާ ޔަންގޮން ޔުނައިޓެޑު ކުޅުނު އިރު ޔަންގޮންގެ ހެޑް ކޯޗަކަށް ހުރީ އިވާންއެވެ. އިވާންގެ އިރުޝާދުގެ ދަށުން އެ ފަހަރު މިޔަންމާގައި ޔަންގޮން ނިއު އަތުން މޮޅިވިނަމަވެސް މާލޭގައި ނިއުވަނީ ޔަންގޮން ބަލިކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް