ads
ދީޕިކާ ޕަޑުކޯން--
ކޮރޯނާ ވައިރަހާއި ގުޅިގެން ޕެރިސް ފެޝަން ވީކުގައި ދީޕިކާ ބައިވެރިއެއް ނުވާނެ!
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯން، ޕެރިސް ފެޝަން ވީކުގައި ބައިވެރިނުވާން ނިންމައިފި އެވެ.

މިއަދު ފްރާންސްގައި ފަށައި، ޕެރިސް ފެޝަން ވީކުގައި ބައިވެރިވާ ގޮތަށް ކުރިން ދީޕިކާ އޮތީ ނިންމާފައެވެ. ނަމަވެސް މި ބަލީގެ ނުރައްކާ މާބޮޑަށް ބޮޑުވެފައިވާތީ މިފަހަރުގެ ޕެރިސް ފެޝަން ވީކުގައި ބައިވެރިނުވާން ދީޕިކާ މިހާރު ނިންމާފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ.

ޗައިނާގެ ވުހާން ސިޓީން އެންމެ ފުރަތަމަ ފެނުނު ކޮރޯނާ ވައިރަސް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާއިރު މިބަލި މިހާރު ފްރާންސްގައި ވެސް އެބައޮތެވެ. އެގޮތުން މި ބަލީގައި އެގައުމުން ދެމީހަކު ވަނީ މަރުވެސް ވެފަ އެވެ. 

ކޮރޯނާ ވައިރަހަށް 88000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް މި ބަލީގައި ވަނީ 3000 އަށް ވުރެ ގިނަ މީހުން މަރުވެސްވެފަ އެވެ.

މި ބަލީގެ ނުރައްކަލާހުރެ ދީޕިކާ، ޕެރިސް ފެޝަން ވީކުގައި ބައިވެރިނުވާން ނިންމިއިރު ދީޕިކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "83" އިންނެވެ. އިންޑިއާގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ކަޕިލްގެ ހަޔާތަށް ނެރޭ މި ފިލްމުގައި ކަޕިލްގެ ރޯލުން ފެނިގެންދާނީ ދީޕިކާގެ ފިރިމީހާ، ރަންވީރު ސިންގް އެވެ.

ފިލްމުގައި ދީޕިކާ ފެނިގެންދާނީ ކަޕިލްގެ އަނބިމީހާގެ ރޯލުންނެވެ. މިއީ ކައިވެނީގެ ފަހުން ދީޕިކާ އާއި ރަންވީރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް