
އޭނާގެ ސޯޝަލް މީޑިއާއަށް ގެންދަނީ ދިވެހިނަށް ފަރުވާކުރަމުން ގެންދާ މަންޒަރު ޝެއާކުރަމުންނެވެ.
މާލާ އަލީ ފަރުވާދޭ މީހުން ކުދިކުދި ބަސްތައް ކިޔައެވެ. ފަރުވާއަށް ފަހު މީހުން ﷲ ފަދަ ބަސްތައް ކިޔާމަންޒަރު އޭނާގެ ސޯޝަލް މީޑިއާގައި ވަނީ ޝެއާކޮށްފައެވެ. ބައެއް މީހުން ވަގުތުން ރަނގަޅުކުރާއިރު، އަނެއްބައި މީހުން ރަނގަޅު ކުރަން މަހެއްހާ ދުވަސް ނަގާކަމަށް ރިޕޯޓުތައް ބުނެއެވެ.
ޑރ. މާލާ އަކީ އިރާގު މީހެކެވެ. އޭނާ މީގެ ކުރިން ވަނީ މަކަރު ހަދާކަމަށް ބުނެ ސައުދީ އަރަބިއްޔާއިން ޑީޕޯޓުވެސް ކޮށްލާފައެވެ. ނަމަވެސް އޭނާ ކައިރިއަށް ފަރުވާހޯދަން އެތައް ހާސް މުސްލިމުންނެއް ދެއެވެ. މާލާ އެންމެ ފަހުން ގޮސްފައިވަނީ ޕާކިސްތާނަށެެވެ.
ޑޮކްޓަރާއި ގުޅޭނެ ނަންބަރުތައް
މާލާ އަކީ ކޮން އާޓިސްޓެއް ކަމަށް ބައެއް މީހުން ބުނި ނަމަވެސް، އޭނާއަށް އޮތް ތަރުހީބު ގިނަ މުސްލިމުންގެ ތެރޭގައި ވަރަށް ބޮޑެވެ.
އޭނާ ރާއްޖެއައި ކަމަށް ބެލެވެނީ މި ނުމުނު ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާގެ ޔޫޓިއުބުގައި ރާއްޖެއައިކަން އިއުލާނުކޮށްފައިވަނީ އެ ދުވަހުއެވެ. އަދި އޭނާއާއެކު، ބަނގުލަދޭޝް މީހަކު އެނާގެ ޔޫޓިއުބުގައި އޭނާގެ ތައާރަފެއް ދޭން އުޅޭތަން ފެނެއެވެ.