މިއަދު އެ އެޖެންސީ ބުނިގޮތުގައި، ވެލާ ފަޅާކަމުގެ ރިޕޯޓު ލިބިގެން މިމަހުގެ ތިންވަނަ ދުވަހުގެ ވަގުތެއްގައި ކެންދޫ ފުލުހުން އެރަށަށް އެރިއިރު، އެމީހުން ތިބީ ވެލާ ފަޅައިގެން ކައްކާށެވެ. އެތަނުގައި ގިނަ އަދަދެއްގެ ވެލާ މަސް ހުއްޓެވެ.
މިމައްސަލާގައި އެރަށުން ހެކި ހޯދުމަށް ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީހުގެ މުވައްޒަފަކުވެސް ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އީޕީއޭއިން މިއަދު ބުނިގޮތުގައި އެތަނުގައި ހަ ވެލާ އެމީހުން ފަޅައިގެން ކައްކާފައި ވެއެވެ.
ލ. އަތޮޅުގެ ފަޅުރަށެއް ކަަމަށްވާ އަތަހެދާގެ ގޮޑުދޮށުގައި ވެލާތަކެއް ފުރޮޅާފައި ހުރި މައްސަލައެއް މިދިޔަ އަހަރުގެ އެޕްރީލްތެރޭ ގައި ވެސް ފެންމަތިވި އެވެ. އެރަށުގައި ފަސް ވެލާ ފުރޮޅާފައި (ފުރޮޅާފައި އޮންނަ ވެލައަަކަށް އަމިއްލައަށް އަބުރާ މޫދަށް ނުދެވޭނެ) އޮއްވާ ފެނުނެވެ. އޭރު އެވަލާތަކުގެ އެއްވެސް ހަރަކާތެއް ނެތެވެ. ހުރިހާ ވެލައަކަށްވެސް ވަނީ އެކިވަރުގެ ކުދި އަނިޔާތައް ވެފައެެވެ. އެގޮތުން ކަރުގައި ބުޅި އަޅުވާފައިވާ ކަމުގެ ނިޝާނުގެ އިތުރުން ވެލާތަކުގެ ތޮށިގަނޑުން ވެސް އެކި އަނިޔާތައް ލިބިފައި ހުއްޓާ ފެނިފައިވެއެވެ. އަދި ވެލާތަކުގެ ލޯ ވަނީ ދުޅަވެފަ އެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކަނޑުގެ މާހައުލުގައި އުޅޭ ވެލައާއި ކަހަނބުގެ ހުރިހާ ބާވަތެއް ހިމާޔަތް ކުރީ 2016 ވަނަ އަހަރުގެ އެޕްރީލް ހަތަރުވަނަ ދުވަހު އެވެ.
މިގަވާއިދުގެ ދަށުން ކުރުން މަނާކަންކަމަކީ:
މިގަވާއިދާއިއެކު ވެލާ ކަހަނބާ ގުޅޭ ދިރާސާތައް ކުރުމާއި ވެލާ ކަހަނބު އަލާ ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ފަރާތްތަކަށްވެސް އެކަން ކުރެވެނީ އީޕީއޭއަށް 30 ދުވަހުގެ ތެރޭގައި ލިޔުމަކުން އަންގައި އެކަމަށް ހުއްދަ ހޯދައިގެން ނެވެ. ގަވާއިދުގައި ބުނާ މަނާކަމެއް ކުރާ މީހަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އަދަބު ކަނޑައެޅެއެވެ.
އެގޮތުން:
މިހާތަނަށް ރާއްޖޭގެ ކަނޑުތަކުގައި އުޅޭކަމަށް ފާހަގަކުރެވިފައި ވަނީ 5 ވައްތަރެއްގެ ވެލާ ކަހަނބެވެ. އެއީ:
މުސިންބި