ads
ފެނަކަ އާއި އަންލިމިޓެޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: ފެނަކަ
ށ. ކޮމަންޑޫގެ އާ ޕަވާހައުސް އާއި އޮފީސް އިމާރާތް ކުރަން ބަޔަކާ ހަވާލުކޮށްފި
ށ. ކޮމަންޑޫގައި އިމާރާތް ކުރާ އާ ޕަވާހައުސް އަދި އޮފީސް އިމާރާތުގެ އެއްބަސްވުމުގައި އަންލިމިޓެޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ފެނަކައާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

އަންލިމިޓެޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އެ މަޝްރޫއު ހަވާލު ކުރީ މިއަދުން ފެށިގެން 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 

ޖުމްލަ 7.8 މިލިއަން ރުފިޔާ (7،851،432 ރުފިޔާ) ގެ މަޝްރޫއު ނިންމަން ޖެހެނީ އަންނަ އަހަރުގެ ފެބްރުއަރީ 2 ވަނަ ދުވަހުގެ ކުރިންނެވެ. 

މިއަދު އޮތް ރަސްމިއްޔާތެއްގައި ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. އަންލިމިޓެޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އަހްމަދު ޝިމާލް އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް