
ކުޑަކުދިންގެ ކުޅޭ ސާމާނާއި އެކު އެކިހުނަރުތައްވެސް ދަސްކޮށްދޭ އައިޕްލޭހައުސްއިން ބުނީ މިއަދު ހެނދުނު 9:00 އިން މިރޭ 20:00 އަށް އެތަން ހުޅުވިފައި ހުންނާނެކަމަށާއި 10 އަހަރުން ދަށުގެ ކުދިންނަށް އެތަނުގެ ކުޅިވަރުތަކުގައި ބައިވެރިވެވޭނެ ކަމަށެވެ.
ސީރިއާ އަދި ތުރުކީގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމުގައި ބައިވެރިވުމަކީ އިންޑޯ ޕްލޭ ގްރައުންޑް އައިޕްލޭހައުސްގެ އެދުމެކެވެ. އައި ޕްލޭހައުސް ޕްލޭގްރައުންޑް ހުންނާނީ ބުރުޒުމަގު ގަލޮޅު ކަށިމާހިނގުން ކަންމަތީގައެވެ.
ތުރުކީ ސީރިއާ ބޯޑަރު ސަރަހައްދަށް ހޯމަ ވިލޭރޭ އައި ބާރުގަދަ ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މަރުވި މީހުންގެ އަދަދު މިހާރުވަނީ ވިހި ހާހަށް ވުރެ މައްޗަށް އަރާފައެވެ.
ބިންހެލުމުގެ ސަބަބުން އެތައް ހާސް ބައެއްގެ ދިރިއުޅުން އެއްކޮށް ވިއްސިވިހާލިވެފައިވާއިރު އެތައްހާސް ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ.