ads
މެޕް ޕްރޮޖެކްޓުގެ ދަށުން ދަނޑުވެރިންނަށް ތަމްރީނު ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ދަނީ ކުރަމުން - ފޮޓޯ:މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް
ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދިނުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ
ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދީ ވިޔަފާރީގެ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ގާއިމުކޮށްދިނުމަށް ހާއްސަ ޕްރޮގްރާމެއް އެގްރިކަލްޗާ މިނިސްޓްރީން ފަށައިފިއެވެ.

'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް' އަކީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން އެގްރިކަލްޗާ މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.

ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގޭ މި ޕްރޮގްރާމުގެ ދަށުން ދަނޑުވެރިކަމުގައި ބޭނުންކުރާ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ދަނޑުވެރިންނަށް ތައާރަފުކޮށްދޭނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ވަނީ ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރީގެ 26 ރަށަކަށް ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ދަނޑުވެރިކަމުގެ ވިޔަފާރިވެރިންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަން ހާމަކޮށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފައިވަނީ އެ ރަޖިސްޓްރީގެ ޒަރީއާއިން ރާއްޖޭގެ ދަނޑުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޑޭޓާބޭހެއް ގާއިމުކުރެވިގެންދާނެ ކަމަށެވެެ.

އެ މިނިސްޓްރީން ބުނީ ދަނޑުވެރި ވިޔަފާރިތަކުގެ ރަޖިސްޓްރީގެ އަލީގައި ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދެވި ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ. އެ މަސައްކަތް ކުރުމަށް މެޕް ޕްރޮޖެކްޓުން ރޭވިފައި ވަނީ ރަނގަޅު އަގެއްގައި ފެންވަރު ރަނގަޅު ދަނޑުވެރިކަމުގެ އުފެއްދުންތައް ބާޒާރުގައި ލިބޭނެ މަގުފަހިކޮށްދިނުމަށް ކަމަށް ވެސް އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނި ގޮތުގައި ޑޭޓާބޭހުގައި ރެޖިސްޓްރީވުމަށް ބޭނުންވާ ދަނޑުވެރިންނަށް ރެޖިސްޓްރޭޝަން ފޯމް 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް' ގެ އިމްޕްލިމެންޓޭޝަން ޔުނިޓުން ލިބެން ހުންނާނެ ކަމަށާއި އީމެއިލް މެދުވެރިކޮށް ނުވަތަ ޕްރޮގްރާމް އޮފީހަށް ފޯމް ހުށަހަޅައިގެންވެސް ޑޭޓާބޭހުގައި ރެޖިސްޓްރީ ކުރެވޭނެ ކަމުގައެވެ.

ފޯމް ލިންކް: https://ee.kobotoolbox.org/x/8A9fPJwF

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް