ads
ތިލަމާލެ ބްރިޖު މަޝްރޫއުގެ ތެރެއިން——ފޮޓޯ: ސީއެންއެމް
ބްރިޖުގެ އެއްގަމު ތަބުތައް ޖަހާ ނިމި، ކަނޑުުގައި ޖަހާ ތަބުތަކުގެ މަސައްކަތް ފަށައިފި
މި ސަރުކާރުން ތަރައްގީކުރާ ތިލަމާލެ ބްރިޖްގެ މަސައްކަތުގައި މާލޭގެ އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތް ނިމި، ކަނޑުގައި ޖަހާ ތަނބުތަކުގެ މަސައްކަތް ފަށައިފި އެވެ.
Advertisement

ބްރިޖު މަޝްރޫއުގެ މަސައްކަތްތައް ވިލަރެސްކުރުމަށް ޕްލޭނިން މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދާ  ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން މިއަދު ”ސީއެންއެމް“ އަށް ވިދާޅުވީ، މާލޭގައި އެއްގަމުގައި ޖަހާ އަށް ތަނބުގެ މަސައްކަތް ނިިމިފައިވާކަމަށެވެ.

އަދި މިހާރު ކުރިއަށް ދަނީ މާލެ އާއި ވިލިމާލެ އާއި ދެމެދު ކަނޑުގައި ޖަހާ ތަނބުތަކުގެ ޕައިލިން މަސައްކަތް ކަމަށް ވިދާޅުވި އެވެ. 

your imageކަނޑުގަައި ޖަހާ ތަބުތަކުގެ މަސައްކަތް މިހާރު ވަނީ ފަށާފައި——ފޮޓޯ: ސީއެންއެމް

ވިލިމާލެއާއި ބްރިޖާއި ގުޅޭ ސަރަހައްދުން ބައެއް ހިއްކުމުގެ މަސައްކަތް ފެށުމަށްވެސް މިހާރު ދަނީ ތައްޔާރުވަމުން ކަމަށް ޖިނާން ވިދާޅުވި އެވެ. އެމަސައްކަތް މިމަސްތެރޭ ފެށޭނެ ކަމަށް ލަފާކުރެއްވި އެވެ. 

ޖިނާން ވިދާޅުވިގޮތުން ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާގޮތަށް ބަލާއިރު މާލެ އާއި ވިލިމާލެ އާއި ދެމެދު ގުޅާލުން މިހާރު ނިމޭނެ ކަމަށް ލަފާކުރެވެނީ މިއަހަރުގެ ޑިސެމްބަރަށެވެ. އަދި މާލެއިން ގުޅީފަޅާއި ހަމައަށް ގުޅާލުމުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ މެއި ހިސާބުގަ އެވެ.

މިމަޝްރޫއުގެ މަސައްކަތާއި ގުޅޭގޮތުން މަޝްރޫއު ހިންގަމުން އަންނަ އެފްކޯންސްގެ ފަރާތުން މަޝްރޫއުގައި އިސްކޮށް ހަރަކާތްތެރިވާ، އޮޕަރޭޝަން ޑިރެކްޓަރު، އާރްވީއާރް ކިޝޯރު މިދިޔަ އަހަރު ވިދާޅުވީ، މާލެ އާއި ވިލިމާލެ އާއި ދެމެދު ގުޅާލުން 2023 ޖުލައި 23 އަށް ނިމޭނެ ކަމަށެވެ. އަދި އެދެމެދު އާންމު ދަތުރުތައް ކުރަން މިއަހަރު އޮގަސްޓް 15 ގައި ފެށޭނެ ކަމަށް އޭރު އޭނާ ވިދާޅުވި އެވެ. 

ބްރިޖް މަސައްކަތްތަކަށް އެފްކޯންސް އިން މިދިޔަ އަހަރު ދިން ތާރީހުތައް

  • ގުޅިފަޅާއި ތިލަފުށި ވެސް 2023 ޑިސެމްބަރަށް ނިމޭނެ
  • މުޅި ބްރިޖް މަޝްރޫއު ނޮވެމްބަރު 2024 އަށް ނިމޭނެ

ތިލަމާލެ ބުރިޖަކީ ޖުމުލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެ މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. 

48%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
24%
ވަރަށް ސަލާމް
ކޮމެންޓްސް