ads
ނަވާޒުއްދީން ސިއްދީގީ އަދި ކަންގަނާ ރަނައުތު
އަނބިމީހާއަށް އަނިޔާކުރުމުން ވެސް، ކަންގަނާއަށް ނަވާޒުއްދީން ގޯހެއްނުވި
ބޮލީވުޑްގެ މަޝްހޫރު ތަރި ނަވާޒުއްދީން ސިއްދީގީ އާއި އޭނާގެ އާއިލާ ގުޅިގެން އޭނާގެ ދެވަނަ އަނބިމީހާ އާލިޔާއަށް އެތައް އަނިޔާއެއް ކުރިކަމަށް ތުހުމަތުކޮށްފައިވާނިކޮށް، އެ މައްސަލައިގައި ގޯސް ހަދަނީ އާލިއާކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނައުތު މިއަދު ބުނެފިއެވެ.
Advertisement

ކަންގަނާ ބުނީ އާލިޔާއާއި ނަވާޒުއްދީން ސިއްދީގީ މައްސަލަ ޖެހެނީ، އާލިއާއަށް ގަނެދީފައިވާ އެޕާޓުމަންޓުގައި ނޫޅެ، ނަވާޒުއްދީން އޭނާގެ މަންމައަށް ގަނެފައިވާ ބަންގުލޯ މިލްކުކުރުމަށް އާލިއާ މަސައްކަތްކުރާކަމަށެވެ. 

އާލިއާގެ ވަކީލު މިމަހު ކުރީކޮޅު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެންމެ އަސާސީ ހައްގުތަކުން ނަވާޒުއްދީން އާއި އޭނާގެ އާއިލާއިން އާލިޔާ މަހުރޫމްކޮށްފައިވާކަމަށެވެ. މިގޮތުން ނިދުމާ، ކެއުމާއި ފެންވެރުމުން އޭނާ މަހުރޫމުކޮށްފައިވާކަމަަށް ވަކީލު ތުހުމަތު ކުރެއެވެ. 

"ނަވާޒުއްދީން ސިއްދީގީ އާއި އޭނާގެ އާއިލާގެ މެމްބަރުން މިދިޔަ ހަތް ދުވަހު އަޅުގަނޑުގެ ކްލައިންޓަށް ކާއެއްޗެއް، އެނދެއް، އަދި ފެންވަރާނެ ފާހާނާއެއް ވެސް ނުދޭ. އަހަރެންގެ ކްލައިންޓްގެ ވަށައިގެން ގިނައަދަދެއްގެ ފިރިހެން ބޮޑީގާޑުން ވެސް ހުރީ ބަހައްޓާފަ. އިތުރަށް ސީސީޓީވީ ކެމެރާތައް ވެސް ބަންދުކޮށްފައި ހުރި ހޯލުގައި ހުރީ ހަރުކޮށްފަ. އަހަރެންގެ ކްލައިންޓް މިހާރު އުޅެނީ ދަރިންނާ އެކުގަ،" އާލިއާގެ ވަކީލު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އާލިއާއާއި އޭނާގެ ދަރިން ނަވާޒުއްދީންގެ އާއިލާއާއެކު ދިރިއުޅޭ ހާލު ދައްކައިދިނުމަށް އަލިއާ ވަނީ ވީޑިއޯއެއްވެސް އާންމުކޮށްފައެެވެ. އެ ވީޑިއޯގައި ފެންނަނީ އާލިއާ ދެ ދަރިންނާއެކު ސޯފާއެއްގައި ނިދާތަނެވެ. 

މި ވީޑިއޯ އަލުން ޕޯސްޓުކޮށް ކަންގަނާ ބުނެފައިވަނީ، ނަވާޒުއްދީން އާލިޔާ އަށް ގަނެދީފައިވާ އެޕާޓްމަންޓަށް އާލިޔާ ބަދަލުކުރުމުން މައްސަލަ ހައްލުވާނެކަމަށެވެ. 

"ނަވާޒުއްދީން އޭނާގެ ހުރިހާއެއްޗެއް ދިނުމުން ވެސް އާލިއާ އުޅެނީ ނަވާޒުއްދީން އޭނާގެ މަންމައަށް ގަނެދިން ބަންގުލޯ އަތުލަން. އާލިއާ ގެންގޮސް އޭނާއަށް ގަނެދީފަ ހުރި އެޕާޓުމަންޓާލާ،" ކަންގަނާ މިއަދު ބުނެފައިވެއެވެ.

ނަވާޒުއްދީން އާއި އޭނާގެ އާއިލާއާއި ދެކޮޅަށް އާލިއާ ޖެއްސި މައްސަަލަ މިހާރު ގެންދަނީ އިންޑިއާ ކޯޓެއްގައި ބަލަމުންނެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް