ads
ނޫސްވެރިޔާ ހަސަން ޝަހީދު މުޒާހަރާ ކުރަމުންދިޔަ ސަރަހައްދަށް ވެއްޓިފައި----
އަނިޔާވި ނޫސްވެރިޔާ ފަރުވާއަށްފަހު ރާއްޖެ އަތުވެއްޖެ
ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާއާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި އަނިޔާވި ޗެނަލް 13ގެ ނޫސްވެރިޔާ ހަސަން ޝަހީދު ސްރީ ލަންކާގައި ފަރުވާ ހޯދުމަށްފަހު ރާއްޖެ އަތުވެއްޖެ އެވެ.

މުޒާހަރާގެ ތެރޭގައި ހުއްޓާ ފުލުހުން އަނިޔާކުރި ކަމަށް ބުނާ ޝަހީދު އެދުވަހު ވަނީ އެތަނަށް ވެއްޓި އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ އެވެ. އަދި ފަހުން އިތުރު ފަރުވާއަށް އޭނާ ލަންކާއަށް ފުރާފައި ވެއެވެ. 

ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ބުނެފައިވާގޮތުގައި ޝަހީދުގެ މައިބަދައަށާއި ސިކުނޑިއަށް ވަނީ ގެއްލުންވެފަ އެވެ. 

އިދިކޮޅު ޕީީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު މިއަދު "ސީއެންއެމް" އަށް ވިދާޅުވިގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. 

"މިހާރު ހާލަތު ރަނގަޅު. އެކަމަކު ބޮލަށް އަނިޔާވެފައި ހުރުމުން އަދިވެސް ބޮލުގައި ރިހުންފަދަ އުނދަގޫތައް ވާކަމަށް ބުނީ. ލަންކާ އިން ފަރުވާއަށް ދީފައިވާ ބޭސްތައް އަންނަނީ ބޭނުން ކުރަމުން،" ހީނާ ވިދާޅުވި އެވެ.

މުޒާހަރާގައި ބޮލަށާއި މައިބަދައަށް އަނިޔާވިއިރު، ޝާހިދަކީ މީގެ ކުރިންވެސް އޮޕަރޭޝަނެއް ކޮށްފައިވާ މީހެކެވެ. 

މިމައްސަލާގައި ފުލުހުން މުޒާހަރާތަކުގައި އެކަށީގެންނުވާ ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިންނާއި ނޫސްވެރިންނަށް އަނިޔާވާގޮތަށް އަމަލުތައް ބަހައްޓަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. 

މިމައްސަލާގައި މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައިވެސް، މުޒާހަރާ ރޫޅާލުމުގައި ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށާއި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސްއަޅާފައިވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުންދާހާ ހިނދެއްގައި އެއްވެސް ފަރާތަކުން، ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް  އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުން ވެސް ނޫސްވެރިކަމުގެ މަސައްކަތްކުރައްވާއިރު ގާނޫނާއި ގަވާއިދުތަކާއި "ދިވެހި މީޑިއާގެ އަހްލާގީ މިންގަނޑާއި އުސޫލުތަކުގެ ތެރެއިން، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.

 

މިމައްސަލާގައި ފުލުހުން ބުނެފައިވަނީ މުޒާހަރާގެ ތެރެއިން ނޫސްވެރިއަކަށް އަނިޔާވީ މުޒާހަރާގެ ބައިވެރިން، ނޫސްވެރިންނާއި ފުލުހުން ކޮއްޕާ، ފުލުހުންގެ ޝީލްޑްތަކުގައި ތަޅާކޮށްޕާ ހެދުމުގެ ތެރެއިން ވެއްޓިކަމަށެވެ.

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް