ads
އެކްސިޑެންޓު ހިނގީ ކާރަކާއި ސައިކަލެއް ޖެހިގެން
އެކްސިޑެންޓުގައި އަނިޔާވި މީހާ ވެންޓިލޭޓަރުން ނަގައިފި، އިތުރު ފަރުވާއަށް ބޭރަށް ގެންދަނީ
މާލެ-ހުޅުމާލެ ހައިވޭގައި ހުކުރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ ވެންޓިލޭޓަރުގައި އޮތް މީހާ ވެންޓިލޭޓަރުން ނަގައިފި އެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ ގއ. ވިލިގިއްޔަށް އުފަން އުމުރުން 46 އަހަރުގެ ހަބީބު ހަސަން އަށެވެ. އޭނާގެ ބޭބެ ނާޒިމް ހަސަން މިއަދު ބުނިގޮތުގައި، ވެންޓިލޭޓަރުން ހަބީބު ނެގީ މިއަދު އެވެ. އަދި މިހާރު ހާލަތު އަންނަނީ ރަނގަޅު ވަމުން ނެވެ.

ހަބީބުގެ އާއިލާއިން މިހާރު މަސައްކަތް ކުރަމުންދަނީ އިތުރު ފަރުވާއަށް އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމަށެވެ. 

"މިހާރު ސްޓޭބަލް ވަމުން އަންނަނީ. މިހާރު ކުޑަކޮށް ވާހަކަ ދައްކާ،" ނާޒިމް ބުންޏެވެ.

ނާޒިމް ބުނިގޮތުގައި އެކްސިޑެންޓުގައި ހަބީބުގެ އެތެރެހަށްޓަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.

ސައިކަލަކާއި ކާރެއްޖެހި ހިނގި މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ހަބީބު ވަގުތުން އައިޖީއެމްއެޗަށް ގެންގޮސް އޭނާ އަށް އެމަޖެންސީގައި ފަރުވާދީފައިވާއިރު މިއަދާއި ހަމަޔަށް އޭނާ އޮތީ ވެންޓިލޭޓަރުގަ އެވެ.

މި އެކްސިޑެންޓުގައި ކާރަށާއި ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އެގޮތުން ކާރުގެ ކުރީބައި އެއްކޮށް ފުޑުފުޑުވެފައިވާއިރު، ސައިކަލު އޮތީ މުޅިންހެން ފުޑުފުޑުވެ ހަލާކުވެފަ އެވެ. މި އެކްސިޑެންޓު ހިގަން މެދުވެރިވި ގޮތާއި ބެހޭގޮތުން ފުލުހުންގެ ފަރާތުން އަދި އެއްޗެއް ނުބުނެ އެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް