ads
އެމްކިއުއޭގެ ބައްދަލުވުމެއްގެ ތެރެއިން
ޕީއެޗްޑީ ގަބޫލް ނުކުރި މައްސަލައިގައ އެމްކިއުއޭ ޒިންމާވާން ޖެހޭ: ސިވިލް ކޯޓު
ބޭރުގެ ޔުނިވަސިޓީއެއްގެ ޕީއެޗްޑީ ކޯހެއް ގަބޫލު ނުކުރަން ނިންމި މައްސަލާގައި، ޕީއެޗްޑީ ބަލައިގަންނަން އަމުރު ނުކުރެވޭނެ ކަމަށާއި އެހެންނަމަވެސް ލިބުނު ގެއްލުމަށް އެމްކިއުއޭއިން ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއް ގަބޫލު ނުކުރަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ނިންމި މައްސަލާގައި، ސެޓްފިކެޓް ބަލައިގަންނަން އަމުރު ނުކުރެވޭނެ ކަމަށާއި އެހެންނަމަވެސް ލިބުނު ގެއްލުމަށް އެމްކިއުއޭއިން ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ އާދިއްތަ ދުވަހުއެވެ. މި މައްސަލައިގައި ހުކުމް ކުރެއްވީ ގާޒީ އާދަމް އިބްރާހީމް އިސްމާއީލްއެވެ.

މި މައްސަލައިގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ދެކޮޅަށް ދައުވާ ކުރީ ޝަމްއޫން އާދަމް، ނިއުމާ މުހައްމަދު އަދި ފާތިމަރު މުމްތާޒުއެވެ. 

މި ތިން މީހުން ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީލަންކާގެ ކޮލެޖަކުން ޕީއެޗްޑީ ކޯހެއްގެ ކިޔެވުންފެށީ އެމްކިއުއޭއިން އެ ކޯސް ގަބޫލުކުރާނެކަން 2016 ވަނަ އަހަރު އެންގުމުންނެވެ. އެކަމަކު ޖެނުއަރީ، 2018 ވަނަ އަހަރު އެ އެމްކިއުއޭއިން އެ ކޯސް ގަބޫލުކުރުން ހުއްޓާލަން ނިންމި އެވެ. 

އެހެން ނަމަވެސް އެވަގުތު ކިޔަވަމުން ދިޔަ މީހުންގެ ސަނަދު ގަބޫލު ކުރާނެކަން އެންގި އެވެ. އެކަމަކު ކިޔެވުން ނިންމުމަށްފަހު 2021 ވަނަ އަހަރު ސެޓްފިކެޓް ވެލިޑޭޓް ކުރަން ހުށަހެޅުމުން އެމްކިއުއޭ އިން އެކަމަށް ދެކޮޅު ހެދި އެވެ.

މި މައްސަލައިގައި ސިވިލްކޯޓުން ކުރި ހުކުމުގައިވަނީ ސަނަދުގެ ފެންވަރު ބެލުމުގެ އުސޫލާއި ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ޕްރޮގްރާމްތައް ގަބޫލު ކުރުމުގެ އުސޫލު އޮންނަ ގޮތުން އެ ކޯހުގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން އެމްކިއުއޭގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ. 

އެކަމަކު ބަލަންވާ މިންވަރަށް ނުބަލާ، ކޯސް ގަބޫލު ކުރާކަން 2016 ވަނަ އަހަރު އެމްކިއުއޭއިން އަންގާފައިވާތީ ޖެނުއަރީ، 2018 އާ ހަމައަށް އެ މީހުން ކޯހުގައި ކިޔަވަން ކުރި ހަރަދާއި އަދި ގެއްލުމެއް ވެފައިވާނަމަ އެ ގެއްލުމަކަށް އެމްކިއުއޭއިން ޒިންމާވާން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ގެއްލުމުގެ ބަދަލަށް ޝަމްއޫންގެ ފަރާތުން 23 މިލިއަން ރުފިޔާ އަދި ބާކީ ތިބި ދެ މީހުންގެ ތެރެއިން ކޮންމެ މީހެއްގެ ފަރާތުން 16 މިލިއަން ރުފިޔާ ހޯދުމަށް އެދުނެވެ. އެކަމަކު ކޯޓުގެ ހުކުމުގައިވަނީ އެ މިންވަރަށް ގެއްލުން ވެފައިވާކަން ޝަރީއަތަށް ސާބިތުނުވާތީ އެ ފައިސާ ނަގައި ނުދެވޭނެ ކަމަށެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް