ads
މަގުމަތީ މީހުންނަށް އުނދަގޫ ވާގޮތަށް އުޅުނު ބިދޭސީމީހާ
ޔޫކްރެއިން މީހާއަށް ނަސޭހަތްދީ، ސްޕޮންސަރާއި ހަވާލުކޮށްފިން: ފުލުހުން
މާލޭ މަގުމަތީ ދުއްވާ އެއްޗިއްސަށް އުނދަގޫ ވާގޮތަށް މަގުމައްޗަށް ކުނި އަޅައި، ހަޑިހުތުރު ވައްތަރު ޖައްސައި ނަށަމުންދިޔަ ޔޫކުރެއިން އަންހެން މީހާއަށް ނަސޭހަތްދީ ސްޕޮންސަރާއި ހަވާލުކޮށްފި އެވެ.
Advertisement

ފުލުހުން މިއަދު "ސީއެންއެމް" އަށް ބުނީ، މާލޭ މަގުމަތީގައި މީހަކު އާންމުންނަށް އުނދަގޫވާގޮތަށް ހަޅޭއްލަވާ ކަމުގެ ޝަކުވާ އިއްޔެގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ. 

ފުލުހުން ބެލިބެލުމުން އެއީ ޔޫކްރެއިން އަންހެނެއްކަން އެގިފައިވާ ކަމަށާއި، އެމީހާއަށް މިހާރު ނަސޭހަތްދީ ސްޕޮންސަރާއި ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ. 

"އެމީހާ މިހާރު ވަނީ ނަސޭހަތްދީ، މައުލޫމާތު ސާފުކުރުމަށްފަހު ސްޕޮންސަރާއި ހަވާލުކޮށްފައި. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން" ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި މި އަންހެން މީހާ އެކި ދުވަސް މަތިން މަގުމަތީގައި ފާޑުފާޑަށް ނަށާ، ވައްތަރު ޖައްސާފައި ވެއެވެ. ބައެއް ވީޑިއޯތަކުން ފެންނަގޮތުގައި ލަގެޖެއްމަތީ އިށީދެގެން މަގު މެދުގައި އިދެ ވައްތަރު ޖައްސަ އެވެ. އެހެން ވީޑިއޯއަކުން ފެންނަނީ ރެސްޓޯރަންޓެއް ކައިރީ ހުރެ ހުތުރު ވައްތަރު ޖައްސާ ނަށާ މަންޒަރެވެ. އަދި މަގު މެދުގައި ހުރެ ދުއްވާ އެއްޗެއްސަށް އުނދަގޫވާހެން ނަށާ މަންޒަރު ވެސް ފެނެ އެވެ. 

މީގެ އިތުރުން ދުއްވާ އެއްޗިއްސަށް ދަތުރުނުކުރެވޭ ގޮތަށް މަގުމައްޗަށް ބައިވަރު އެއްޗެހިތަކެއް އުކާލައިގެން އުޅޭ މަންޒަރާއި، ބާލީހެއް ނަގައިގެން ހުރެ އޭނާ، މީހުންނާއި ދިމާލަށް ހުތުރު ބަހުން އެއްޗެހި ކިޔާ ފުރުއްސާރަ ކުރާ ވީޑިއޯއެއްވެސް ވަނީ އާންމުވެފަ އެވެ. 

މި ވީޑިއޯތައް އާންމުކޮށް ބައެއް މީހުން ވަނީ މާލޭގައި ބިދޭސީ އަންހެނަކު "ބޮއިގެން" ވައްތަރު ޖައްސަމުން މަގުމަތީ ދުވާއިރުވެސް މާލޭގައި ހުރި ސީސީޓީވީ ފުޓޭޖުތަކަށްވެސް ނާރަނީތޯ ސުވާލު ކޮށްފަ އެެވެ. އަދި އާންމުންނަށް ފާޅުގައި ޖެއްސުން ކުރަމުން މަގުމަތީ އޭނާ އުޅޭއިރު، ކޮންމެވެސް ފިޔަވަޅެއް އެޅުމަށް ގޮވާލާފައި ވެއެވެ.

21%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް