ads
ނޭމާ އަދި މެސީ
މެސީއާއި ނޭމާ ނެތް ވަގުތަކަށް ޕީއެސްޖީން ތައްޔާރުވަނީ
މެސީއާއި ނޭމާ ކްލަބު ދޫކޮށްލާފައި ގޮސްދާނެ ކަމަށް ބަލައި ފްރާންސްގެ ޕީއެސްޖީން އެކަމަށް ތައްޔާރުވާން ފަށައިފިއެވެ.

މެސީއާއި ނޭމާ ކްލަބު ދޫކޮށްލާފައި ގޮސްދާނެ ކަމަށް ބަލައި ފްރާންސްގެ ޕީއެސްޖީން އެކަމަށް ތައްޔާރުވާން ފަށައިފި ކަމަށް ރިޕޯޓްތައް ބުނަން ފެށީ ހޯމަ ދުވަހު މޮނާކޯ އަތުން ޕީއެސްޖީ ބަލިވި މެޗަށް ފަހު ޑްރެސިން ރޫމުގައި ހިނގި ދެބަސްވުންތަކަކާ ގުޅިގެންނެވެ.

މޮނާކޯ އަތުން ތިން ލަނޑު އެއް ލަނޑުން ޕީއެސްޖީ ބަލިވި މެޗަށް ފަހު ޑްރެސިން ރޫމުގައި ދެބަސްވުންތަކެއް ހިނގިކަމުގެ ރިޕޯޓްތައް އުޅޭއިރު މި ދެ ބަސްވުމުގައި ބްރެޒިލްގެ ނޭމާ ހިމެނޭ ކަމަށްވެއެވެ.

މެސީއާއި ނޭމާ ހިނގައިދާނެ ކަމަށް ބަލައި އެކަމަށް ޕީއެސްޖީން ތައްޔާރުވަމުން އަންނައިރު މެސީގެ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. ކޮންޓްރެކްޓް އާކޮށްފާނެ ކަމުގެ އިޝާރާތެއް އަދި ނުފެންނައިރު، ނޭމާގެ ކޮންޓްރެކްޓް ހަމަވާނީ 2027 ވަނަ އަހަރަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން މެސީއާ ނޭމާގެ ކަންތަކުގައި ޕީއެސްޖީއަށް ކުޑަވެސް ހަމަ ޖެހުމެއް އޮތީ ޗެމްޕިއަންސް ލީގުގެ ނަތީޖާއާ ގުޅިފައެވެ. ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ޕީއެސްޖީން މިރޭ ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނާނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް