ads
ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އުމުރުން 25 އަހަރުގެ އިބްރާހީމް ފައިހް ނިޡާމު
ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހޯދަނީ
ގުރޫޕު ހަދައިގެން ގޮސް މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއްގައި މީހަކު ހޯދަން އިއުލާން ކޮށްފި އެވެ.

ފުލުހުން މިއަދު ހޯދުމަށް އިއުލާންކޮށްފައިވަނީ ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އުމުރުން 25 އަހަރުގެ އިބްރާހީމް ފައިހް ނިޒިމު ކިޔާ މީހެކެވެ. 

އޭނާގެ ފޮޓޯއާއިއެކު ހޯދުމަށް އިއުލާންކޮށް ފުލުހުން މިއަދު ބުނިގޮތުގައި އޭނާ ހޯދުމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެގޮތުން ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން އޭނާ މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ، އިބްރާހީމް ފައިހް ނިޒިމާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓަމްންޓްގެ ނަންބަރު 9911099 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން މިއަދު ވަނީ އެދިފަ އެވެ.

ގުރޫޕު ހަދައިގެން ގޮސް މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއްގައި 25 އަހަރުގެ އިބްރާހިމް ފައިހް ހޯދަމުންދާއިރު، އިއްޔެގެ ވަގުތެއްގައި ވިލިމާލެ ފެރީ ޓާމިނަލް ތެރޭގައި ގުރޫޕަކުން ވަނީ މީހަކަށް ހަމަލާދީ ޒަހަމުކޮށްލާފަ އެވެ. 

އޭނާ އަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މަންޒަރު ދުށް މީހުން ބުނާގޮތުން އޭނާ އަށް ހަމަލާދީފައިވަނީ، ގުރޫޕަކުން އައިސް އޭނާ އަށް ހަމަލާދޭން އުޅެން ފެށުމުން ދުވެފައި ޓާމިނަލް ތެރެއަށް ވަދެފައި ވަނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް