
އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، ސީސީޓީވީ ކެމެރާތައް ބެލުމުގެ ތެރެއިން، ފެބްރުއަރީ 4 ވަނަ ދުވަހުގެރޭ 19:20 ބޮޑުތަކުރުފާނުމަގުން ހުޅުމާލޭ ފެރީޓާމިނަލް ސަރަހައްދުން ހުދުކުލައިގެ ޓެކްސީއަކަށް އަރާ މަންޒަރު ފެންނަ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ޓެކްސީ އެއާޕޯޓް ޓާމިނަލަށް މަޑުކުރުމުން އޭނާ ޓެކްސީން ފައިބައިގެން އެއާޕޯޓް ޓާމިނަލަށް ވަންނަ މަންޒަރު ފެނުނު ނަމަވެސް އޭނާ ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެއްވެސް ތަނަކަށް ދަތުރުކުރިކަން އެނގެން ނެތްކަމަށެވެ.
އެއާޕޯޓްގެ ބައެއް ސަރަހައްދުތަކުގައި ކެމެރާ ނެތުމުން އެސަރަހައްދުގެ އުޅަނދުތަކުގައި އުޅޭ މީހުންނަށް އޭނާގެ ފޮޓޯ ދައްކާ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންގެންދާކަމަށާއި މާލެއާއި މާލެ ކައިރި ސަރަހައްދުގެ އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގެ ގެސްޓްހައުސްއަކުން އާސިރު ހިދުމަތް ހޯދިތޯ ބަލަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންބުނީ އާސިރު ނުފެނި ހޭދަވާ ކޮންމެ ވަގުތަކީވެސް ފުލުހުން އެކަމާއި ކަންބޮޑުވާ ވަގުތެއްކަމަށާއި އާސިރު ހޯދުމަށް ކުރަމުންދާ މަސައްކަތް އާއިލާއާއި ހިއްސާކުރަމުން ވެސް ގެންދާ ކަމަށެވެ.