ads
މަޑިވަރު އެއާޕޯޓް: ކްރޮސް ސަބްސިޑީ އުސޫލުން އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ނިންމާފައި - ފޮޓޯ:ސަވާދު އަބްދުﷲ، ފޭސްބުކް
ބަދަލުގައި ރަށެއް ދޭގޮތަށް މަޑިވަރު އެއާޕޯޓަށް 77 މިލިއަން ހޯދަނީ
މަޝްރޫއުތައް ހިންގުމަށް ނުވަތަ ކްރޮސް ސަބްސިޑީގެ އުސޫލުން ފައިސާ ދިނުމުން ބަދަލުގައި ރަށެއް ނުވަތަ ފަޅެއް ދޭ ގޮތަށް ޅ. މަޑިވަރު އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
Advertisement

ކްރޮސް ސަބްސިޑީގެ އުސޫލުން މަޑިވަރު އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށް ރައީސް ސޯލިހު ނިންމެވިކަން އެންގުމަށް ނެރުއްވި ގަރާރުގައި ވަނީ އެ މަޝްރޫއަށް ހަރަދު ކުރަންޖެހޭ އެންމެ ދަށް އަގުގެ މިންވަރަކީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ކަން ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މަޑިވަރު އެއާޕޯޓު:

  • އެއާޕޯޓު ހުޅުވީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު
  • 1.2 ކިލޯމީޓަރުގެ ރަންވޭއެއް
  • އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި އެއާކްރާފްޓްތައް ޕާކު ކުރާނެ ސަރަހައްދަކާއި ފަޔަ ބިލްޑިންއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓާމިނަލެެއް ތަރައްގީކޮށްފައިވޭ
  • އެއާޕޯޓު ހިންގަމުންދަނީ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން

މަޝްރޫއުތައް ހިންގުމަށް ނުވަތަ މަޝްރޫއުތަކަށް ފައިސާ ދޭ ފަރާތްތަކަށް ބިޑަކަށް ނުގޮސް ބަދަލުގެ ގޮތުގައި ރަށެއް ނުވަތަ ފަޅެއް ދޫކުރެވޭ ގޮތަށް ސަރުކާރުން ކަނޑައަޅާ ކްރޮސް ސަބްސިޑީ ލިސްޓް އިސްލާހުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

މީގެ ކުރިން ވަނީ ކްރޮސް ސަބްސިޑީގެ އުސޫލުން ލ. ކައްދޫ އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށާއި ރާއްޖޭގެ ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓުތައް ތަރައްގީ ކުރުމުގެ އިތުރުން ގިރާވަރު ފަޅު ހިއްކައިގެން "ރެސިޑެންޝަލް ސިޓީ" އެއް ތަރައްގީ ކުރުމަށް ވެސް ކަނޑައަޅުއްވާފައެވެ.

ޑޮމެސްޓިކް އެއާޕޯޓް އަޅަން ސަރުކާރުން ހަރަދު ކުރުމުގެ ބަދަލުގައި އަމިއްލަ ފަރާތްތަކުން ތަރައްގީ ކުރާ ގޮތަށް ނުވަތަ ފައިސާ ދޭ ގޮތަށް، ކްރޮސް ސަބްސިޑީ އުސޫލުން ރަށެއް ދޭ ގޮތަށް މިހާތަނަށް ހަތަރު ކުންފުންޏަކާ އެކު ސަރުކާރުގެ ފަރާތުން ވަނީ ސޮއިކޮށްފައެވެ. 

ކްރޮސް ސަބްސިޑީގެ އުސޫލުން ތަރައްގީ ކުރުމަށް ހުޅުވާލި ހަ އެއާޕޯޓުގެ ތެރެއިން ހަތަރު އެއާޕޯޓެއް އަޅަން ބޭނުންވާ ބިން ހިއްކުމަށް ތިން ފަރާތަކުން ބިޑް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ ފަރާތުން މިދިޔަ މަހުގެ ފަހުކޮޅު ބުނެފައިވެއެވެ.

29%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް