ads
ހޯރަފުށީގައި އެއާޕޯޓް ހަދާ ސަރަހައްދުގައި މީގެކުރިން ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ހަރަކާތެއް -- ފޮޓޯ: ސޯޝަލް މީޑިއާ
އާ އަހަރު ފާހަގަކުރަން ހޯރަފުށި އެއާޕޯޓް ސަރަހައްދުގައި އެއްލައްކަ ގަސް އިންދަނީ
ހއ. ހޯރަފުށީގައި އެއާޕޯޓް ހަދާ ސަރަހައްދުގައި އެއްލައްކަ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ހއ. ހޯރަފުށީގައި އެއާޕޯޓް ހަދާ ސަރަހައްދުގައި އެއްލައްކަ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މިހަރަކާތުގެ ދަށުން ގަސް އިންދުމަށް ހަމަޖައްސާފައިވަނީ އެއާޕޯޓް ހެދުމަށް ހާއްސަކޮށްގެން ހިއްކި ބިމުގެ ހޭޅިފަށުގަ އެެވެ.

މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ "ހޯރަފުށި އެއާޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ" މިޝިއާރުގެ ދަށުން ކުރިއަށް އޮތް ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 5:00 ޖަހާއިރު އެވެ.

ހޯރަފުށި ކައުންސިލް މެންބަރު އަހްމަދު އިމްދާހު ވިދާޅުވީ މިއީ ކުރިއަށް އޮތް 2020 ވަނަ އަހަރު ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މިހަރަކާތް ކުރިއަށް ގެންދާނީ ރަށުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަށް ފެނިގެންދާ ގޮތަކަށް ކަމަށްވާތީ ވީހާވެސް ގިނަ ރައްޔިތުން މިކަމުގައި ބައިވެރިވުމަށްވެސް އިމްދާހު ވަނީ އެެދިވަޑައިގެންފަ އެވެ.

"މިއީ އަޅުގަނޑުމެންގެ މެންބަރު އަހްމަދު ސަލީމްގެ އިސްނެންގެވުމަކަށް ރަށު ކައުންސިލްއާ ގުޅިގެން ކުރިއަށްދާ ހަރަކާތެއް. މިހަރަކާތަށް ބޭނުންވާ ގަސް މީގެ ހަމަސް ކުރިން ހޯދާ މިހާރު މިވަނީ ގަސް ހަމަކުރެވިފަ،" އިމްދާހު ވިދާޅުވި އެވެ.

މިހަރަކާތުގައި ހޯރަފުށި ކައުންސިލް އިދާރާގެ އިތުރުން ހޯރަފުށީގައި ހުރި ދައުލަތުގެ ހުރިހާ އިދާރާއެއް ބައިވެރިވުމަށްވެސް ވަނީ ނިންމާފަ އެވެ.

ހޯރަފުށި އެއާޕޯޓް ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތުގައި ހއ. އަތޮޅުގައި ހިންގާ ބައެއް ރިސޯޓްތަކާއި އެ އަތޮޅުގައި މީހުން ދިރިއުޅޭ ބައެއް ރަށްތަކުގެ ރައްޔިތުން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.

ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން އެރަށުގެ ފަޅުތެރެއިން 345,500 ހެކްޓަރުގެ ބިން ހިއްކާފަ އެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އަޅަން ނިންމި އެއާޕޯޓަކީ އެރަށުގެ ކައިރީގައި އޮތް މާފިނޮޅުގައި ނިމިދިޔަ ސަރުކާރުން އަޅަން ނިންމި އެއާޕޯޓެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް